ޗައިނާ ސަރުކާރުގެ އެހީގައި ބ. ފުޅަދު އާއި ފެހެންދޫގައި ޓާފް ދަނޑު އަޅައި ނިންމައިފިއެވެ.
ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވީ އެ ރަށުގައި އާޓިފިޝަލް ދަނޑުތައް އަޅަން ފެށީ މީގެ ދެމަހެއްހާ ދުވަސް ކުރިން ކަމަށެވެ. މިއީ 34 މީޓަރު، 34 މީޓަރުގެ ދަނޑެކެވެ.
ޔޫތު މިނިސްޓްރީން ހުއްދަ ލިބުނުހާ އަވަހަކަށް އެ ދަނޑުތައް ބޭނުންކުރަން ފަށާނެކަމަށްވެސް މޫސާ ވިދާޅުވިއެވެ.
އެ ޓާފް ދަނޑުތައް އެޅުމާގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓުވިޓެއްގައި ވަނީ ޗައިނާގެ ސަފީރު ޓޭގްކުރައްވައި ޗައިނާގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.
ޗައިނާގެ ހިލޭ އެހީގެދަށުން ރާއްޖޭގެ 35 ރަށެއްގައި އާޓިފިޝަލް ޓާފް ދަނޑުތަކެއް އެޅިގެންދާނެ ކަމަށެވެ.