
އިންޑިޔާގެ ކްރިކެޓް ޕްރިމިއަ ލީގް (އައި.ޕީ.އެލް)ގެ ޓީމެއް ނުގަނެވުނީ އަތުގައި އެ ވަރަށް ފައިސާ ނެތީމާ ކަމަށް ބޮލީވުޑްގެ އެއް ސުޕަސްޓާރު އަމީތާބް ބައްޗަން ބުނެފި އެވެ.
އައި.ޕީ.އެލްގެ ޓީމެއް ކަމަށްވާ ކަލްކަތާ ނައިޓް ރައިޑާރސް، ބޮލީވުޑްގެ އަނެއް ސުޕަސްޓާރު ޝާޚްރުކް ޚާން ގަތުމާ ގުޅިގެން އަމީތާބު ބުނީ: “ޝާޚްރުކްގެ އަތުގައި ފައިސާ ހުރި ވަރަކަށް އަހަރެންގެ އަތަކު ނެތް. އެހެންވީމާ އަހަރެންނަށް ބިޑް ނުކުރެވުނީ.”
އަމީތާބް ބުނީ އައި.ޕީ.އެލްގެ ހުރިހާ މެޗެއް ކަހަލަ ގޮތަކަށް އޭނާ ބަލާ ކަމަށެވެ.