މިދިޔަ މަހު ބ. އަތޮޅުން އެންމެ ބޮޑު ސާވިސް ޗާޖެއް ދުސިތުން

ބ. އަތޮޅުގައި ހިންގާ ރިސޯޓްތަކުގެ ތެރެއިން މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ބެހި ރިސޯޓަކަށް ދުސިތު ތާނީ މޯލްޑިވްސް ވެއްޖެ އެވެ.

ރިސޯޓު މުވައްޒަފުންގެ އެލަވަންސްތަކާ ބެހޭ މައުލޫމާތު ގެނެސްދޭ ވެބްސައިޓް، މޯލްޑިވްސް ސާވިސް ޗާޖްގެ ރިޕޯޓުތައް ދައްކާގޮތުގައި މިދިޔަ މަހު ދުސިޓުން ވަނީ އެ ރިސޯޓުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 540 ޑޮލަރު (8,326.80ރ.) ބަހައިފަ އެވެ. މެއި މަހު އެ ރިސޯޓުގެ މުވައްޒަފުންނަށް ވަނީ ސާވިސް ޗާޖުގެ ގޮތުގައި 699.89 ޑޮލަރު (10,792.30ރ.) ލިބިފަ އެވެ.

އެހެން މަސްތަކާ އަޅާބަލާއިރު މިދިޔަ މަހު މިއަތޮޅުގެ ގިނަ ރިސޯޓަކުން ސާވިސް ޗާޖު ބަހާފައިވާ އަދަދު ދަށެވެ.

މިދިޔަ މަހު ބ. އަތޮޅުން ދެވަނައަށް އެންމެ ބޮޑު ސާވިސް ޗާޖެއް ބެހީ މިދިޔަ އަހަރު ފަހުކޮޅު މިއަތޮޅު މަދިރިވާދޫގައި ހުޅުވި ދަ ނައުޓިލަސް މޯލްޑިވްސް އިންނެވެ. އެއީ ބޮލަކަށް 500 ޑޮލަރު (7،710.00ރ.) އެވެ. މި ލިސްޓުން ބ. އަތޮޅުން ތިން ވަނައިގަ އުޅެނީ މޭމަހު އެންމެ ގިނައިން ސާވިސް ޗާޖު ބެހި އަނަންތަރާ ކިހަވައް ވިލާސް އެވެ. މެއިމަހު 916.15 ޑޮލަރު (14,127.03) ސާވިސް ޗާޖު ބެހި އަނަންތަރާއިން އިން މި މަހު ބަހާފައި ވަނީ މީހަކަށް އެންމެ 400 ޑޮލަރު (6,168ރ.) އެވެ.

މިދިޔަ މަހު ސާވިސް ޗާޖު ދިން ކަމަށް، މޯލްޑިވްސް ސާވިސް ޗާޖް ވެބްސައިޓަށް މައުލޫމާތު ފޮނުވާފައި ވަނީ 148 ރިސޯޓުގެ ތެރެއިން 55 ރިސޯޓުންނެވެ. ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓް ނަގާއިރު ބައެއް ރިސޯޓުތަކުގެ ސާވިސް ޗާޖަށް ބަހާ މިންވަރު އޮންނަނީ ސިއްރުކޮށްފަ އެވެ.

ކޮންމެ މަހަކު ރިސޯޓުތަކުން ދޭ ސާވިސް ޗާޖުގެ އަދަދު ހާމަކުރާ ވެބްސައިޓު “މޯލްޑިވްސް ސާވިސް ޗާޖު”ގައި ވާ އަދަދުތަކަކީ ރިސޯޓުތަކުގެ މުވައްޒަފުން ހާމަކުރާ އަދަދުތަކެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.