ތުޅާދޫގައި 100 ހައުސިން ޔުނިޓް އަޅަން ބަޔަކާ ހަވާލުކޮށްފި

ބ ތުޅާދޫ އަދި ޅ ނައިފަރުގައި އިމާރާތްކުރަން ހަމަޖެހިފައިވާ 100 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ތުޅާދޫގައި ހައުސިން ޔުނިޓް އެޅުމަށް ހަވާލުކޮށްފައިވަނީ ޕްރިސިޝަން އިންޖީނިއަރިން ސާވިސަސް އާއި ފްލްކްސްއިންކް ޕްރައިވެޓް ލިމިޑެޓްގެ ޖޮއިންޓް ވެންޗާ ކުންފުންޏާއެވެ.

އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނަޝީދެވެ. އަދި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޕީ ޑަބްލިއު ތިލަކަރައްތްނައެވެ.

ތުޅާދޫގައި ޔުނިޓްތައް އިމާރާތްކުރެވޭނީ 1100 އަކަފޫޓުގެ އޭރިއާއެއްގެ ތެރޭގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ އަދި ސްޓޯރޫމްގެ އިތުރުން ލޯންޑްރީ ހިމެނޭ ގޮތަށެވެ. އެ ޔުނިޓްތައް އަޅާނީ ރޯ ހައުސްގެ ގޮތުގައެވެ.

ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ 79.6 މިލިއަން ރުފިޔާއަށް 363 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ތުޅާދޫގައި ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވަނީ އެރަށު ހިއްކި ސަރަހައްދުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.