ބީއެމްއެލް އަށް އާ ސީއީއޯ އެއް ހަމަޖައްސައިފި

ބީއެމްއެލްގެ އާ ސީއީއޯ ޓިމޮތީ ސޯޔާ

ބޭންކް އޮފް މޯލްޑިވްސްގެ އާ ޗީފް އެގްޒެކެޓިވް އޮފިސަރ ގެ މަޤާމަށް މރ. ޓިމޮތީ ސޯޔަރ ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ޓިމް އަކީ މާލީ ދާއިރާގައި 30 އަހަރުގެ ބައިނަލްއަޤްވާމީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން އޭޏާ ވަނީ  އެގްޒެކެޓިވް އަދި ބޯޑު ލެވެލްގައި 20 އަހަރު މަސައްކަތް ކުރައްވާފައިވެއެވެ. ޓިމް ބޭންކް އޮފް މޯލްޑިވްސް އާއި ގުޅިވަޑައިގަންނަވަނީ ޔޫކޭ ސަރުކާރުގެ އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ އިނޮވޭޓް ޔޫކޭ ގެ ޗީފް އިންވެސްޓްމަންޓް އޮފިސަރ ގެ މަގާމުގައި ހުންނެވުމަށްފަހު ކަމަށް ބީއެމްއެލުން ބުންޏެވެ.  

 އިނޮވޭޓް ޔޫކޭގެ ކުރިން ޓިމް މަސައްކަތް ކުރެރެއްވީ ސްޓާރޓް އަޕް ލޯންސްގެ ސީއީއޯގެ ގޮތުގައެވެ. ޔޫކޭގެ ކުދި ވިޔަފާރިތަކާއި އަލަށް ފަށާ ވިޔަފާރިތައް ކުރިއަރުވައި ތަރައްގީކުރުމަށް ޓިމް ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާ އަށް ވަނީ ކުއީން އެލިޒަަބަތު ދެއްވާ ކޮމާންޑަރ އޮފް ދަ މޯސްޓް އެކްސެލެންޓް އޯޑަރ އޮފް ދި ބްރިޓިޝް އެންޕަޔަރ (ސީބީއީ) އެވޯޑް  ލިބިލައްވާފައެވެ.

ޓިމް ވަނީ ކަހޫޓް، ކެންޓް ރިލަޔަންސް ފަދަ ކުރިއަރާފައިވާ އެކިއެކި މާލީ އިދާރާތަކުގެ އެންމެ އިސް މަގާމްތައް ފުރުއްވާފައެވެ. އަދި މީގެ އިތުރުން ޓިމް ވަނީ ބޭންކް ޑުބޮއަރ އޮފް ސުވިޒަލޭންޑް އަދި ޔޫކޭގައި ލޯނު ދޫކުރާ ކުންފުންޏެއްކަމަށްވާ ފޯކްޓުފޯކް ގެ ޗެއަރމަންކަން ވެސް ކުރައްވާފައެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.