ރާއްޖޭގެ އުތުރުގެ ސަރަހައްދަށް މޫސުން ގޯސްވެ، ބ. އަތޮޅަށް މިއަދު ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް މިއަދު ޔެލޯ އެލާޓް ނެރުނީ ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރާތީ ކަމަށެވެ. އެގޮތުން ވިލާގަނޑޫގައި 50 މޭލު ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައި ވަނީ ހެނދުނު 8:00 އިން ފެށިގެން މެންދަރު 12:00 އާ ހަމައަށެވެ.
ހުޅަނގު މޫސުމުގެ މި ވިއްސާރައިގައި ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެ އެވެ.