ވިއްސާރައިގައި ބ. އަތޮޅުގެ ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް

ހިތާދޫއަށް އައި ކޮޅިގަނޑުގައި ރުކެެެއް ވެއްޓިފައި – ފޮޓޯ: ހިތާދޫ އޮންލައިން

މިހާރު ކުރަމުންދާ ވިއްސާރައިގައި ބ. ހިތާދޫ އަށާއި ގޮއިދޫއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ކޮޅިގަނޑުގައި ގޮއިދޫ ހެލްތު ސެންޓަރުގެ ދޮރުތަައް ހަލާކުވެފައި — އީޓީ ފޮޓޯ/ޒުހުދާ

މި ވިއްސާރައިގައި ބ. އަތޮޅުން އެންމެ ބޮޑު ގެއްލުންތަކެއް ލިބުނު ކަމަށް މިހާތަނަށް އެނގިފައިވަނީ ހިތާދޫ އާއި ގޮއިދޫ އަށެވެ.

މިއަދު މެންދުރުފަހު ގޮއިދޫއަށް އެރިކޮޅިގަނޑެއްގައި އެ ރަށު ހެލްތު ސެންޓަރުގެ ބައެއް ދޮރުތައްވަނީ އެއްލާލައފަ އެވެ. އަދި ބޮޑެތި ގަސްތަކާއި ރުއްތައް ވެއްޓި، ބައެއް ގޭގޭގެ ފުރާޅުތައް ވެސް ވަނީ ވަޔާ އެއްލާލައިފަ އެވެ.

ކޮޅިގަނޑުގައި ގޮއިދޫ ގެއެއްގެ ފުރާޅު އެއްލާލާފައި — އީޓީ ފޮޓޯ/ޒުހުދާ

އހިތާދޫން ވާހަކަދެއްކި މީހަކު ބުނީ، މިއަދު މެންދުރު ފަހު ރަށަށް އައި ކޮޅިގަނޑެއްގައި އެރަށުގެ ބައެއް ސަރަހައްދުތަކުން ގަހާއި ރުށް ފަދަ އެއްޗެހި ވެއްޓި ބައެއް އިމާރާތްތަކަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި އެރަށުގެ ދެ ގެއެއްގެ ފުރާޅަށްވެސް ގެއްލުންތަކެއްވެފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

ހިތާދޫއަށް އައި ކޮޅިގަނޑުގައި ގަސްތަކެއް ވެއްޓިފައި – ފޮޓޯ: ހިތާދޫ އޮންލައިން

އެހެން ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.