މަޖްލީހަށް ދީފައިވާނީ ތެދު މައުލޫމާތު: ބީއެމްއެލް

ރައްޔިތުންގެ މަޖްލީހަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފަރާތުން މައުލޫމާތު ދެއްވުމަށް ވަޑައިގެންނެވި ބޭފުޅުން، އެ މަޖްލީހަށް މައުލޫމާތު ދެއްވާފައިވާނީ ބޭންކުގެ ރިކޯޑްތަކާ އެއް ގޮތަށް ތެދު މައުލޫމާތު ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މަޖްލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދާރީވެފައިވަނީ ވެސް މިދެންނެވި ގޮތަށް ރެކޯޑްތަކުގެ މައްޗަށް ބިނާކޮށް ތެދު މައުލޫމާތެވެ.

“އެމްއެމްޕީއާރުސީ ގެ ނަމުގައި ދޫކޮށްފައިވާ ޗެކްތަކެއް އެސްއޯއެފް އެކައުންޓަށް ޖަމާކުރެވިގެންދިޔަ ގޮތާ ބެހޭ ގޮތުން މި ބޭންކުގެ އިންޓަރނަލް އޮޑިޓުން ކުރިއަށް ގެންދިޔަ ތަހްގީގް ހިންގާފައިވަނީ މި ބޭންކުގައި ހުރި ރެކޯޑްތަކަށް ބަލައިގެންނެވެ. ނޮވެމްބަރު 2016 ގައި ޗެކް އިމޭޖިންގ އެންޑް ޓްރަންކޭޝަން ގެ ދަށުން ޗެކް ކްލިއަރެންސް ފެށުމާ ހަމަޔަށް، މި ބޭންކުގެ އެކައުންޓްތަކަށް ޖަމާކުރެވޭ އެހެން ބޭންކްތަކުގެ ޗެކްތައްވެސް އަދި ޗެކްތަކުގެ އިމޭޖް އަކީވެސް މި ބޭންކުގެ ރެކޯޑްގައި ބެހެއްޓޭ އެއްޗެއް ނޫނެވެ. ބީއެމްއެލް ނޫން އެހެން ބޭންކެއްގެ ޗެކެއްގެ ކްލިއަރެންސް ފުރިހަމަވެ އަދި އެޗެކަކަށް ފައިސާ ދޫކުރާނީވެސް އެ ޗެކެއް ދޫކޮށްފައިވާ އެކައުންޓް ހުޅުވާފައިވާ ބޭންކަކުންނެވެ. އަދި މި ޗެކްތަކުގެ ރެކޯޑްތައް ހުންނާނީވެސް އެ ބޭންކެއްގައެވެ. އެހެންކަމުން މި މައްސަލާގައި ހިމެނޭ އެފަދަ ޗެކްތަކުގެ ކޮޕީ ހޯދުމަށް މި ބޭންކުން ވަނީ އެހެން ބޭންކުތަކުގައި އެދިފައެވެ.” ބީއެމްއެލްގެ ބަޔާނުގައި ވެ އެވެ.

“މި ދެންނެވި ގޮތަށް ބޭންކުގައި ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް މާލިއްޔަތު ކޮމިޓީއަށް މިބޭންކުގެ ފަރާތުން މައުލޫމާތުދީފައިވަނިކޮށް، އެސްއޯއެފް އެކައުންޓަށް އެންޑޯސްކުރެވިގެން ޖަމާކުރެވުނު އެހެން ބޭންކްތަކުގެ ޗެކްތަކެއް މި ބޭންކުގެ ސަމާލުކަމަށް އައުމުން އިތުރަށް މިކަން މުތާލިއާކުރަން ވަނީ ފަށާފައެވެ. އަދި 21 ޖުލައި 2019 ގައި މި ބޭންކުން މަޖްލީހަށް ފޮނުވުނު ސީޓީގައި އެހެން ބޭންކުތަކުން މި ޗެކްތަކާ ގުޅޭ މައުލޫމާތު ލިބުމުން ދިރާސާކުރުމަށްފަހު އިތުރު ތަފްސީލްފޯރުކޮށްދެވޭނެ ވާހަކަވެސް ވާނީ ދެންނެވިފައެވެ”

ބީއެމްއެލް އިން ބުނީ23 ޖުލައި 2019 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި، ހާމަކުރެވިގެން ދިޔަ މައުލޫމާތުތަކަށް ބަލާއިރު ބޭންކުން މަޖްލީހުގެ މާލިއްޔަތު ކޮމިޓީގައި ދެއްކި ވާހަކަތަކާއި ބޭންކުން މަޖްލީހަށް ހުށަހެޅުނު ސިޓީގައިވާ މައުލޫމާތުތައް މާނަ ކުރުމުގައި ތަފާތު ތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. null

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.