ކުޑަރިކިލު އާސާރީ މިސްކިތް ހިމާޔަތްކޮށް ތަރައްގީ ކުރަނީ

ކުޑަރިކިލު ބާ މިސްކިތް – ފޮޓޯ/އަވަސް އޮންލައިން

ބ. ކުޑަރިކިލުގައި ހުންނަ އާސާރީ މިސްކިތް ހިމާޔަތްކޮށް އިތުރަށް ތަރައްގީ ކުރަން ސަރުކާރުން ނިންމައިފިއެވެ.

ބ. ކުޑަރިކިލު އާސާރީ މިސްކިތާއި ގދ. ވާދޫގައި ހުންނަ އާސާރީ ހިމާޔަތްކޮށް، އިތުރަށް ތަރައްގީކުރަން ސަރުކާރުން ނިންމައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނިގޮތުގައި މިހާރު ކުރަމުންދަނީ އެ ދެ މިސްކިތް މިހާރު ހުރި ހާލަތު ބަލައި އެސެސްމަންޓް ހެދުމުގެ މަސައްކަތެވެ. އެގޮތަށް އެގޮތަށް އެސެސްމަންޓްތައް ހަދައި އެ ދެ ތަންތަން ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ކުޑަރިކިލު ބާ މިސްކިތް – ފޮޓޯ/އަވަސް އޮންލައިން

ކުޑަރިކިލުގެ ކުރީގެ ހުކުރު މިސްކިތަކީ ހިޖުރައިން 1325 ގައި ބިނާކޮށްފައިވާ މިސްކިތެކެވެ. އެ މިސްކިތް ބޭނުންކުރުން ހުއްޓާލީ 1993 ވަނަ އަހަރުއެވެ. އެ މިސްކިތުގެ ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ބޮޑެތި ދޮރުތަކާއި ކުޑަދޮރުތައް ބިންވަޅުނަގާ ކުރެހުންތައް އަޅާފައިވެއެވެ.

ކުޑަރިކިލު މިސްކިތުގައި ހުރި އެނބުރޭ ދޮރު: ފޮޓޯ/ އަވަސް އޮންލައިން

އެގޮތުން މިސްކިތުގެ ފާރުގައި ހަދާފައިވާ ސަމުގާއެއް ރަމްޒްކޮށްދޭ ދެ ކުޑަ ދޮރު ހުރެ އެވެ. ދެ ދޮރުވެސް ފަރުމާކޮށްފައި ވަނީ ކުކުޅު ބިހުގެ ބައްޓަމަށެވެ. ފާރުގެ ތެރެއިން ކަނޑާ ނަގާފައިވާ އެ ދެ ދޮރު ވެސް ހުންނަނީ އަނބުރާ ލެވޭ ގޮތަށެވެ.

.

ކުޑަރިކިލު ބާ މިސްކިތް – ފޮޓޯ/އަވަސް އޮންލައިން

ކުޑަރިކިލުގެ ބާމިސްކިތާއި މި ދެ ދޮރަކީ މި ރަށް ދުށް ގަލާއި އުވައިގެ ވަޑާމަށް އެންމެ ކުޅަދާނަ ބޭފުޅާ މުހައްމަދު އަލި މަނިކު (ނައިބު ކަލޭފާނު) ގެ ފަންނުވެރި ކަމެވެ. އޭނާގެ ޑިޒައިނެކެވެ. މި މިސްކިތް އިމާރާތް ކުރެއްވީ ވެސް ނައިބުކަލޭފާނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.