މޯލްޑިވިއަން އިން އާ އޮފީހެއް ބ. ދަރަވަންދޫގައި މިއަދު މިއަދު ހުޅުވައިފި އެވެ.
ދަރަވަންދޫ އެއާޕޯޓަށް ވަންނަ ތަނުގައި މޯލްޑިވިއަނުން އަލަށް ހެދި އޮފީސް ހުޅުވައިދެއްވީ މޯލްޑިވިއަންގެ ޖެނެރަލް މެނޭޖާ އައިމިނަތު ސަމީހާ އެވެ.
ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނިން ބުނީ އާ އޮފީހުގެ ސަބަބުނކަސްޓަމަރުންނަށް ބޭނުންވާ ޚިދުމަތް ދިނުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ޓިކެޓް ރިޒަވޭޝަން ހެދުމާއި ޓިކެޓް ގަތުމުގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދަރަވަންދޫއަށް ދުވާލަކު މޯލްޑިވިއަންގެ ހަތަރު ފްލައިޓް ދަތުރު ކުރެއެވެ. ރާއްޖޭގައި މިހާރު ޑޮމެސްޓިކް 12 އެއާޕޯޓެއް ހިންގަމުން އަންނަ އިރު 11 އެއާޕޯޓަކަށް މޯލްޑިވިއަން އިން ދަތުރު ދަތުރުތައް ކުރެއެވެ. އެ ހުރިހާ އެއާޕޯޓެއްގައި މޯލްޑިވިއަންގެ ޓިކެޓިން އޮފީސް ހުރެ އެވެ.