މިދިޔަ އަހަރަކީ ފަޚުރުވެރިވާފަދަ ކާމިޔާބު އަހަރެއް: ބީއެމްއެލް

މިދިޔަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފަޚުރުވެރިވާފަދަ ކާމިޔާބު އަހަރެއް ކަމަށް ބޭންކުގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވެއްޖެ އެވެ.

ބޭންކުގެ ސީއީއޯގެ މަގާމާއި ހަވާލުވިފަހުން ފުރަތަމަ ފަހަރަށް ރަސްމީ ޖަލްސާ އެއް ގައި ވާހަކަފުޅު ދައްކަވަމުން ޓިމް މިހެން ވިދާޅުވީ މިރޭ ބޭއްވުނު ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ،

މިދިޔަ އަހަރު ޓެކްސް އަށް ކެނޑުމުގެ ކުރިން ބީއެމްއެލް އަށް ލިބުނު ސާފު ފައިދާ ވަނީ 1.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ޖުމްލަކޮށް 2017 ވަނަ އަހަރާ އަޅާބަލާއިރު %13 އިތުރު އަދަދެކެވެ.

ޓިމް ވިދާޅުވީ ބޭންކުގައި ވަރަށް ބުރަކޮށް އަދި އެހާމެ ހީވާގި ކަމާއެކު މަސައްކަތްކުރާ މުވައްޒަފުންނާއެކު ހޯދާފައިވާ ކާމިޔާބު ދަމަހައްޓައި ބޭންކަށް އިތުރު ކާމިޔާބު ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

“އަދި ކުރިއަރާފައިވާ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކޮށް، އިންވެސްޓްމަންޓް ޕްރޮގްރާމްގެ ޒަރިއްޔާއިން އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި މުޖުތަމައަށް ފޯރުކޮށްދެވޭ ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރާނަން.” ޓިމް ވިދާޅުވިއެވެ.

މީގެއިތުރުން ‘އަހަރެންގެ ބޭންކް’ ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމް ކުރިޔަށް ގެންދާނެކަމަށްވެސް ޓިމްވަނީ ވިދާޅުވެފައެވެ.

ބީއެމްއެލް އިން މިދިޔަ އަހަރުތެރޭ ވަނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށް 110 ޕްރޮޖެކްޓެއް ހިންގާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.