ބީއެމްއެލްގެ ހިއްސާއަކަށް 24ރ. ބަހަން ނިންމައިފި

ހޮޓެލް ޖެން ގައި މިރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ހުށަހެޅި 129.17 މިލިއަން ރުފިޔާ (ހިއްސާއަކަށް 24 ރުފިޔާ) ބަހަން ފާސްކޮށްފި އެވެ. މިއީ މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދެކެވެ.

މިއާއެކު ބީއެމްއެލްގެ އެންމެ ބޮޑު ހިއްސާދާރުގެ ގޮތުގައި ދައުލަތަށް ހިއްސާގެ ފައިދާގެ ގޮތުގައި ލިބޭ މިންވަރު އިތުރުވެ، އަދި ރިޕޯޓްތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 390 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ އެވެ.

ޓެކްސް އަށް ކެނޑުމުގެ ކުރިން 2018 ވަނަ އަހަރު ބީއެމްއެލް އަށް ލިބުނު ސާފު ފައިދާ ވަނީ 1.6 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 13 ޕަސެންޓް އިތުރު އަދަދެކެވެ. މިއީ ކުރީ އަހަރަށްވުރެ ހިންގުމުގެ ހަރަދު ބޮޑުވުމުގެ އިތުރުން ފައިދާގެ ތެރެއަށް އެއްފަހަރާ ގަނޑުކޮށް ލިބޭ އާމްދަނީ ނުހިމެނި ހޯދުނު ރަނގަޅު މާލީ ނަތީޖާއެކެވެ. 

ޓެކްސް އަށް ކެނޑުމަށްފަހު ލިބުނު ފައިދާ ވަނީ ވިދިވިދިގެން ތިން ވަނަ އަހަރު އެއް ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައެވެ. 

މިރޭ ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަ ވިދާޅުވީ ބޭންކުގެ ތާރީހުގައި ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދު ހިއްސާދާރުންނަށް ލިބިގެންދާކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.