ދެވަނަ ކުއާޓަރުގައި އުރީދޫއަށް 131 މިލިއަން ރުފިޔާގެ ފައިދާއެއް

އުރީދޫ މޯލްޑިވްސް އަށް މިދިޔަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 131 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ރާއްޖޭގައި މުއާސަލާތީ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ކުންފުނިން އާއްމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް އެ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 491 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 27 ޕަސެންޓް އިތުުރު އަދަދެކެވެ.

އުރީދޫން ބުނި ގޮތުގައި މިދިޔަ ކުއާޓަރުގައި އެ ކުންފުނީގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޕޯސްޓްޕެއިޑް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިސް ހިދުމަތްތައް ފުޅާވެގެން ދިއުމުގެ ސަބަބުންނެވެ.

މިދިޔަ ކުއާޓަރުގައި އުރީދޫން ވަނީ ރާއްޖެ އަށް އާ ހިދުމަތެއް ކަމަށްވާ އީސިމްގެ ހިދުމަތް ތައާރަފްކޮށްފަ އެވެ. މަދު ގައުމެއްގައި މިހާތަނަށް ތައާރަފްކުރެވިފައިވާ މި ހިދުމަތް މެދުވެރިކޮށް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ޓުއަރިސްޓް ޕްލޭން ވެސް ހިޔާރު ކުރެވޭނެ އެވެ.

މީގެ އިތުރުން، އުރީދޫން ވަނީ ރާއްޖޭގައި އެޗްޑީ ވޮއިސްގެ ހިދުމަތް ވެސް ދޭން ފަށާފަ އެވެ. މި ހިދުމަތާ އެކު، ކުރީއްސުރެ މުވާސަލާތީ ކުންފުނިތަކުން ބޭނުންކުރަމުންދާ ލެގަސީ ޗެނަލްތަކުގެ ބަދަލުގައި އުރީދޫގެ 4ޖީ+ ވިއުގަ ބޭނުންކޮށްގެން ގުޅޭ އެޗްޑީ ވޮއިސްގެ ހިދުމަތުގެ ފެންވަރު ރަގަޅުވެ، ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެން ގޮސްފައިވެ އެވެ.

ހަމަ އެއާ އެކު، އުރީދޫން ވަނީ ސުޕަނެޓް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ފުވައްމުލަކަށް ތައާރަފުކޮށްފަ އެވެ. މި ހިދުމަތް ފުވައްމުލަކުގައި ފެށުމާ އެކު އެ ސިޓީ ވެފައި ވަނީ ރާއްޖޭގެ ފުރަތަމަ ގިގަބައިޓް ސިޓީ އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.