އެޓޯލް ކިއުޓް ދަތުރުތަކަށް އާ ލޯންޗެއް

އޭދަފުއްޓާ މާލެއާއި ދެމެދުގެ ފެރީ ދަތުރުތަކަށް ޚާއްސަކޮށްގެން އެޓޯލް ކިއުޓް ފެރީ ސާވިސް އިން އަނެއްކާވެސް މުޅިން އާ ލޯންޗެއް އިތުރުކޮށްފި އެވެ.

އެޓޯލް ކިއުޓް ލޯންޗްތަކުގެ ފްލީޓަށް އަލަށް ގެނައި ލޯންޗަށް ކިޔަނީ “އެޓޯލް ކިއުޓް ކިންގް” އެވެ. މިއީ 60 މީހުންގެ ޖާގައިގެ ލޯންޗެކެވެ.

މިހާރުވެސް ފެރީގެ ހިދުމަތްދޭ އެޓޯލް ކިއުޓް ފެރީ ސާވިސް އިން ބޮޑުއިދާ ދިމާކޮށް މާދަމާ ދަތުރުތައް ފަށާ 60 މީހުންގެ ޖާގައިގެ މި ލޯންޗަކީ މާލެއާ އޭދަފުއްޓާ ދެމެދު ދަތުރުކުރުމަށް ހާއްސަކުރާ ލޯންޗެއް އެ ކުންފުނިން ބުނެއެވެ. މިހާރު އެޓޯލް ކިއުޓް އިން ބޭނުންކުރަނީ 45 މީހުންގެ ޖާގައިގެ ލޯންޗެކެވެ.

އެޓޯލް ކިއުޓް ފެރީ ސާވިސްގެ އޯނަރު މުހައްމަދު ޙާލިދު އީޓީ އާ ވާހަކަދައްކަމުން ބުނީ އަލަށް ދަތުރުތައް ފަށާ ލޯންޗުގައި ބަދަލުތަކެއް ހުންނާނެކަމަށާއި، ދަތުރުވެރިންނަށް ރަގަޅު ހިދުމަތްތަކެއްވެސް ލިބިގެންދާނެ ކަމަށެވެ.

ބޮޑު އީދު ބަންދާ ދިމާކޮށް މާދަމާއިން ފެށިގެން މާލެއިން އޭދަފުއްޓަށް މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ފެރީ ދަތުރުގެ އިންތިޒާމު އެޓޯލް ކިއުޓް ކިންގުން ހަމަޖައްސާނެ އެވެ. އޭދަފުއްޓާ މާލެއާ ދެމދު މި ދަތުރުތަކަށް ހޭދަވާނީ ގާތްގަނޑަކަށް 1 ގަޑިއިރާ 15 މިނިޓެވެ.

“އީދު ބަންދަށްފަހު، އާއްމު ދަތުރުތައް އޭދަފުއްޓާ މާލެއާ ދެމެދު ކުރާނެ، ނަމަވެސް އާ ލޯންޗުގައި ދަތުރު ޝެޑިއުލް ތަފާތުވާނެ، އެގޮތުން  ލޯންޗު ދަތުރުތައް ޝެޑިއުކްކޮށްފައިވަނީ ހެނދުނު 10:00 ގައި މާލެ އިން އަދި މެންދުރުފަހު 2:00 ގައި އޭދަފުށިން ފުރާގޮތަށް،”

އެޓޯލް ކިއުޓް ފެރީ ސާވިސް އިން ބުނީ ޖާގައިގެ ގޮތުން ތަނަވަސް ލޯންޗެއްގެ ހިދުމަތް ފެށީ އެއްފަހަރާ ގިނަ ބަޔަކަށް ދަތުރު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށާއި، އެޓޯލް ކިއުޓް ފެރީގެ ހިދުމަށް ވީހާވެސް ފުޅާކޮށް އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.