ސަލްސާ އިން އާއިލީ ހެނދުނުގެ ނާސްތާ ތައާރަފްކޮށްފި

އޭދަފުށީ ސަލްސާ ރީޓްރީޓުން އީދާ ދިމާކޮށް އާއިލީ ހެނދުނުގެ ނާސްތާ ތައާރަފްކޮށްފިއެވެ.

ސަލްސާ އިންވެސްޓްމަންޓުން އޭދަފުށީގައި ހިންގަމުން އަންނަ ސަލްސާ ރިޓްރީޓް ރެސްޓޯރެންޓަކީ ހުރިހާ ގޮތަކުން ވެސް ތަފާތު، ހިތްގައިމު ރެސްޓޯރަންޓެކެވެ. މިތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ ބޮޑު އީދާ ދިމާކޮށް މިއަދު ތައާރަފުކުރި އާއިލީ ހެނދުނުގެ ނާސްތާއިންނެވެ.

“އީދު ފެމިލީ ބްރެކްފާސްޓް”ގެ ނަމުގައި ބުފޭ ސްޓައިލަށް ސަލްސާއިން ތައާރަފް ކުރި ހެނދުނުގެ ނާސްތާ މިއަދުން ފެށިގެން ލިބެން ހުންނާނެ ކަމަށްވެސް އެތަނުން ބުންޏެވެ. އަގަކީ ބޮލަކަށް 49 ރުފިޔާއެވެ. އަދި 6 އަހަރުން ދަށުގެ ކުދިންނަށް އެއްވެސް އަގެއް ނުނަގައެވެ

ސަލްސާ ރީޓްރީތްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އީދާ ދިމާކޮށް އާއިލީ ހެނދުނުގެ ނާސްތާގެ ބޭނުމަކީ ރަށަށް އަރާ މެހްމާނުންނާއި ރަށުގެ ރައްޔިތުންވެސް އީދުގައި އެކުވެރިކަމާއެކު ހިތްފަސޭހަ މާހައުލެއްގައި ބައްދަލުކޮށް މީރު ހެނދުނުގެ ނާސްތާއަކުން ދުވަސް ފެށުމެވެ.

“ނާސްތާ ހެނދުނު 7 އިން ފެށިގެން 10:30 އާ ހަމައަށް ބުފޭއެއްގެ ގޮތަށް ކުރިއަށް ދާނެ، މި ނާސްތާގައި ދިވެހި އަދި ކޮންޓިނެންޓަލް ބްރެކްފާސްޓް ވެސް ލިބޭނެ،”.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.