
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ ރަނިންމޭޓް އަދި މިއަތޮޅު ކެންދޫ ދާއިރާގެ މެންބަރު އަހްމަދު ތަސްމީން އަލީ މިއަދު ހަވީރު އޭދަފުއްޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ދިޔައީ ވަރަށް މަދުބައެކެވެ.
ރައީސް ވަހީދަށް ކެމްޕޭނ ކުރެެއްވުމުގެ ގޮތުން މިއަދު ހަވީރު 5:00 ހާއިރު އޭދަފުއްޓަށް ވަޑައިގެންނެވުމުން ތަސްމީނަށް މަރުހަބާ ދެންނެވުމަށް ރަސްމީ ފާލަން ކައިރިއަށް ޖަމާވެފައިވަނީ ގާތްގަނޑަކަށް ވިއްސަކަށް މީހުންނެވެ.
ރަނިންމޭޓު އަހުމަދު ތަސްމީން އަލީގެ މި ދަތުރުފުޅުގައި ހޯމް މިނިސްޓްރީގެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ސަލީމް އާއި އެގްރިކަލްޗަރު މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރު އަލީ ސޯލިހުވެސް މި ބައިވެރިވެވަޑައިގަންނަވަ އެވެ.