އިނގިރޭސި ޕްރިމިއަރ ލީގުގެ ފަހު މެޗުތައް މިރޭ

ހަލް ސިޓީ ކޯޗް ފިލް ބްރައުން އަދި ނިއު ކާސަލް ކޯޗް އެލަން ޝިއަރާ

އިނގިރޭސި ޕްރިމިއަރ ލީގުގެ 2008-2009 ވަނަ އަހަރު ސީޒަންގެ ފަހު މެޗުތައް މިރޭ ކުޅޭނެ އެވެ.

ފޯރިގަދަ ވާނެ ކަމަށް ބެލެވޭ މިރޭގެ މެޗުތަކުން އެންމެ ފާހަގަ ކޮށްލެވެނީ ރެލިގޭޝަންގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ނިއު ކާސަލް ޔުނައިޓެޑާއި އެސްޓަން ވިލާ ބައްދަލު ކުރާ މެޗެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި އަންނަ ސީޒަނުގައި ދެމިއޮތުމަށް ނިއު ކާސަލްގެ ކޯޗު އެލަން ޝިއަރާ ވަނީ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު އެލެކްސް ފާގަސަންގެ އެހީތެރިކަމަށް އުންމީދު ކުރާ ކަމަށް ބުނެފަ އެވެ.

މި ވަގުތު ތާވަލްގެ ފަހަތުން 3 ވަނާގައި އޮތް ނަމަވެސް މިރޭ އެސްޓަން ވިލާ އަތުން ނިއު ކާސަލް މޮޅުވެފައި މެންޗެސްޓަރ އަތުން ހަލް ސިޓީ ބަލިވެއްޖެ ނަމަ ނިއު ކާސަލް ސަލާމަތްވާނެ އެވެ. ނިއު ކާސަލް ލީގުގައި ދެމިއޮތުން ބިނާވެފައި އޮތީ ހަލް ސިޓީ އަދި މެންޗެސްޓަރ ބައްދަލު ކުރާ މެޗަށެވެ.

މިރޭ ކުޅޭ އިތުރު މެޗުތަކަށް ބަލާއިރު އާސެނަލް ބައްދަލު ކުރާނީ ސްޓޯކް ސިޓިއާ އެވެ. ބްލެކްބާން ވެސްޓްބްރޮމްވިޗާ ބައްދަލު ކުރާއިރު ފުލަމް އަމިއްލަ ދަނޑުގައި ބައްދަލު ކުރާނީ އެވަޓަންއާ އެވެ.

ލިވަރޕޫލް ބައްދަލު ކުރާނީ ޓޮތެންހަލްއާ އެވެ. މެންޗެސްޓަރސިޓީ ބައްދަލު ކުރާނީ ބޯލްޓަންއާ އެވެ. ސަންޑަލޭންޓް ބައްދަލު ކުރާނީ ޗެލްސީއާ އެވެ. ވެސްޓްހަމް ބައްދަލު ކުރާނީ މިޑްލްސްބްރޯއާ އެވެ. އަދި ވިގަން ބައްދަލު ކުރާނީ ޕޯރޓްސްމައުތާ އެވެ. މި ހުރިހާ މެޗުތައް ވެސް މިރޭ ކުޅޭނީ މާލޭ ގަޑިން 8.00 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.