ދިރާގުން އޭޑީއެސްއެލް އަންލިމިޓެޑު އާ ދެ ޕެކޭޖް ތައާރަފުކޮށްފި

ދިރާގުން ޕްރޮމޯޝަނަކާ ބެހޭ ގޮތުން މައުލޫމާތު ދެނީ: އެ ކުންފުނިން ވަނީ އާ އިންޓަނެޓު ޕެކޭޖެއް ތައާރަފުކޮށްފަ.--ހަވީރު ފައިލް ފޮޓޯ
ދިރާގުން ޕްރޮމޯޝަނަކާ ބެހޭ ގޮތުން މައުލޫމާތު ދެނީ: އެ ކުންފުނިން ވަނީ އާ އިންޓަނެޓު ޕެކޭޖެއް ތައާރަފުކޮށްފަ.–ހަވީރު ފައިލް ފޮޓޯ

 

ދިރާގުން ދެމުން އަންނަ އޭޑީއެސްއެލް ހޯމް އަންލިމިޓެޑް އާ ދެ ޕެކޭޖެއް ތައާރަފު ކޮށްފި އެވެ.

ދިރާގުން މައުލޫމާތު ދޭ ގޮތުގައި ދިރާގުގެ މި އާ ޕެކޭޖުގެ ސަބަބުން 5 އެމްބީޕީއެސް ސްޕީޑް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ލިބޭނެއެވެ. މި ޕެކޭޖު ބޭނުން ކުރާއިރު މަހުފީގެ އިތުރުން އިންޓަނެޓް ބޭނުންކޮށްގެން އިތުރު އެއްވެސް ހަރަދެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން މިއަދު ތައާރަފުކުރި ޕެކޭޖުގައި ޕްރޯ އަންލިމިޓެޑް 3 އެމްބީގެ ޕެކޭޖުގެ މަހުފީއަކީ 1190ރ. އެވެ. މި ޕެކޭޖުގައި 3 އެމްބީޕީއެސް ސްޕީޑް ލިބެއެވެ. މިއަދު ތައާރަފުކުރި ދެވަނަ ޕެކޭޖް ޕްރޯ އަންލިމިޓެޑް 5އެމް ޕެކޭޖުގައި 5 އެމްބީޕީއެސް ސްޕީޑް ލިބޭއިރު މަހަކު ދައްކަންޖެހެނީ 1490ރ. އެވެ. މި ދެ ޕެކޭޖުގައި ވެސް އިތުރު ޗާޖެއް ނުނަގާ ބޭނުންވަރަކަށް ޑައުންލޯޑް ކުރެވޭނެވެ.

ދިރާގުން ބުނީ މި ޕެކޭޖްތައް ތައާރަފުކުރުމް ކަސްޓަމަރުންގެ އެކި ބޭނުންފުޅުތަކަށް ތަފާތު އެކި ސްޕީޑްތަކުގެ ޕެކޭޖް ނެގުމުގެ ފުރުޞަތު އިތުރަށް ތަނަވަސް ވެގެން ދާނެ ކަމަށެވެ.

ރާއްޖޭގައި މިވަގުތު އެންމެ ފުޅާދާއިރާއެއްގައި އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަ ދިރާގުގެ އިންޓަނެޓް ހިދުމަތުގައި ހޯމް އޭޑީއެސްއެލްގެ ތަފާތު 10 ޕެކޭޖް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.