ގޮއިދޫގައި އީދު ފާހަގަ ކުރަން އަލިފާން ބޯޅަ ކުޅެފި

ގޮއިދޫގައި އީދު ފާހަގަކުރުމުގެ ގޮތުން ރޭ އަލިފާން ބޯޅަ ކުޅެނީ

ބ. ގޮއިދޫ މީހުން އީދު ފާހަގަ ކުރަން އަލިފާން ބޯޅަ ކުޅެފިއެވެ.

އެ ހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ މުޅި ދަނޑުވެސް އަލިފާން ރޯކޮށްލައިގެންނެވެ. ގޯލާއި، ބޯޅައިގައިވެސް ވަނީ އަލިފާން ރޯކޮށްލާފައެވެ. ދެ ޓީމަކަށް ބަހާލައިގެން ފުޓްބޯޅަ ކުޅޭ ގޮތަށް ކުރިއަށްގެންދިޔަ މެޗު ބަލަން ރަށުގެ ގިނަ އަދަދެއްގެ ބަޔަކު އެއްވިއެވެ. އަދި އީދާއި ދިމާކޮށް ރަށަށް ޒިޔާރަތްކުރި އެންމެންވެސް ރޭ ދިޔައީ އެ ހަރަކާތް ބަލާށެވެ.

މިއީ މިފަހަރުގެ އީދުގައި އެންމެ ތަފާތު ކަމަކަަށް މިހާތަަނަށް ފެނިގެން ދިޔަ ހަރަކާތެވެ.

ގޮއިދޫގައި އީދު ފާހަގަކުރުމުގެ ގޮތުން ރޭ އަލިފާން ބޯޅަ ކުޅެނީ

ލިފާން ބޭނުންކޮށްގެން އެ ހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ ކުޅިވަރު ކުޅުނު މީހުންނާއި، އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްތަކެއް ކުރުމަށްފަހުއެވެ. 

ގޮއިދޫގައި އީދު ފާހަގަކުރުމުގެ ގޮތުން ރޭ އަލިފާން ބޯޅަ ކުޅެނީ

ގޮއިދޫއަކީ ކޮންމެ ކަމެއްގައިވެސް ވަރަށް އެކުވެރި ރަށެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރަމުން އަންނަ ރަށެކެވެ. މި އީދުގައިވެސް ގޮއިދޫގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރަށު ކައުންސިލުން ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.