ގޮއިދޫން ދަނޑު ބިން ދޫކުރުމަށް އުސޫލުތަކެއް ހަދަނީ

ގޮއިދޫ ދަނޑެއްގައި ބިދޭސީއަކު މަސައްކަތް ކުރަނީ: — ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ބ. ގޮއިދޫން ދަނޑުވެރިކަން ކުރުމަށް ދޫކުރާ ބިންތައް ދޫކުރުމުގައި މިހާރު އަމަލު ކުރަމުންގެންދާ އުސޫލު އުވާލައި، އާ އުސޫލުތަކެއް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. 

  އާމިރު ވިދާޅުވި ގޮތުގައި އާ އުޞޫލްތަކެއް ހެދުމުގެ އެންމެ މުހިއްމު އެއްބޭނުމަކީ، ދަނޑުތައް ދޫކޮށްފައިވާ ފަރާތްތައް ޒިންމާދާރުކުރުވުމެވެ. އެގޮތުން މިހާރު އަމަލުކުރަމުންދާ އުޞޫލުގައި ކޮންމެ މީހަކަށްވެސް ދަނޑެއް ދޫކުރާއިރު، ދަނޑު ދޫކުރުމަށް ހަދާ ރަޖިސްޓްރީއާއެކު ދަނޑުގައި ކުރާ ބޭނުމާއި ހައްދާ ބާވަތްތަކާއި، އެބާވަތްތައް ބޭރުކުރާ އަދަދު ކައުންސިލާ ޙިއްޞާކުރުމަށް ވަނީ އަންގާފައެވެ.

ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު — ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމ

ނަމަވެސް މި ގޮތަށް ޢަމަލު ކުރަމުންދަނީ ދަނޑުވެރިންގެ ތެރެއިން މަދު ބަޔަކުކަން ފާހަގަކުރައްވަމުން އަމިރު ވިދާޅުވީ އަލަށް ހަދާ އުޞޫލުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭނީ އާ އުޞޫލުގައިވާ ކަންކަން ހަރުދަނާ ކުރުމަށް ކަމަށެވެ. 

2008 ވަނަ އަހަރުން ފެށިގެން ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ މިއަތޮޅު ގޮއިދޫން ކޮންމެ އަހަރަކު ވެސް އެތައް ބާވަތެއް ރާއްޖޭގެ މާކެޓަށްދަނީ ނެރެމުންނެވެ. އެގޮތުން ރަށުން ބޭރުކުރާ ތަކެތީގެ ތަފާސް ހިސާބު ބެލެހެއްޓުމުގައި ކައުންސިލަށް މިހާރު ދިމާވަމުންދާ ދަތިތަކަށް އަލަށް އެކުލަވާލެވޭ އުޞޫލާއެކު ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށްވެސް އުއްމީދު ކުރައްވާކަމަށް އެރަށު ކައުންސިލުން ބުންޏެވެ.  

ގޮއިދޫން ދަނޑުވެރިކަމަށް ބިން ދޫކުރުމަށް އައު އުސޫލެއް އެކުލަވާލުމަށް މަސައްކަތްކުރަމުންދާއިރު މިހާރު ގޮއިދޫއިން ދަނޑު ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ބިންދޫކުރުން ވަގުތީގޮތުން އޮތީ މެދުކަނޑާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.