ދިރާގުން ރެޑް ކްރެސެންޓަށް އެހީ ފޯރުކޮށްދެނީ

އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ، ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަރަޝިޕް އާ ކޮށް އެ ޖަމާއަތުން ދޭ ހިދުމަތްތަކަށް އެހީވާނެ ކަމަށް މުއާސަލާތީ ކުންފުނި ދިރާގުން ބުނެފި އެވެ.

ވޯލްޑް ހިއުމަނިޓޭރިއަން ޑޭ އަދި ދިވެހި ރެޑް ކްރެސެންޓަށް 10 އަހަރު ފުރުމުގެ ގޮތުން މިއަދު ދިރާގުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ކޯޕަރޭޓް މެމްބަޝިޕް އެއްބަސްވުމުގައި ސޮއި ކޮށްފައި ވެއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައިި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިސްމާއިލް ރަޝީދު، ވިދާޅުވީ ދިވެހި ރެޑްކްރެސެންޓަށް އެހީތެރިވެ ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ރެޑް ކްރެސެންޓުގެ ސެކްރެޓަރީޖެނެރަލް އައިޝަތު ނޫރާ ވިދާޅުވީ، އާ މެމްބަޝިޕްގެ ސަބަބުން ރެޑް ކްރެސެންޓުން ރާއްޖޭގެ އެކި ކަންކޮޅުގައި ދަރުމަވެރިން ކުރާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށެވެ.

ދިވެހި ރެޑް ކްރެސެންޓުގެ މެމްބަޝިޕަކީ ކާރިސާތަކުގެ ވަގުތުގަ އާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާ އެހީތެރިކަން ދިނުމަށް ވިޔަފާރި ކުންފުނިތަކަށް ހުޅުވާލާފައިވާ ފުރުސަތެކެވެ. ދިރާގަކީ ދިވެހި ރެޑް ކްރެސެންޓުގެ އެެންމެ ފުރަތަމަ ކޯޕަރޭޓް މެމްބަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.