ތުޅާދޫ އައިސްޕްލާންޓުން އައިސް ފޯރުކޮށްދޭން ފަށައިފި

ތުޅާދޫ އައިސްޕްލާންޓް– ފޮޓޯ/ޕީއެސްއެމް

ތުޅާދޫ އައިސްޕްލާންޓުން އައިސް ފޯރުކޮށްދޭން ފަށައިފި ބ. ތުޅާދޫގައި ޤާއިމުކުރި އައިސްޕްލާންޓުން މަސްވެރިންނަށް އައިސް ފޯރުކޮށްދޭން ފަށައިފިއެވެ. 


މި އައިސް ޕްލާންޓުން އައިސްފޯރުކޮށްދޭން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ތުޅާދޫގައި ޤާއިމްކުރި އައިސްޕްލާންޓަކީ މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ 3 ސަރަޙައްދެއްގައި ޤާއިމްކުރާ 7 އައިސް ޕްލާންޓްގެ ތެރެއިން 1 ޕްލާންޓެވެ. މި އައިސްޕްލާންޓަކީ މިނިސްޓްރީގެ ލޯނު ޕްރޮގުރާމްގެ ދަށުން މިފްކޯއިން ޤައިމްކުރި އައިސްޕްލާންޓެކެވެ. 

ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ސަރުކާރުގެ ބަޖެޓުން 2.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާފައިވާ އައިސްޕްލާންޓެއްކަމަށެވެ. މި އައިސްޕްލާންޓް އޮފަރޭޓްކުރަން ފެށުމުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އައިސްޕްލާންޓެއް ހުޅުވިގެންދިޔައީކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ތުޅާދޫގައި ގާމުކުރި އައިސް ޕްލާންޓަކީ ދުވާލަކު 25 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ އައިސް ޕްލާންޓެކެވެ. މި އައިސްޕްލާންޓުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ. 

ތުޅާދޫ ކައުންސިލްގެ ރައީސް އަޙްމަދު ރަޝީދު ވިދާޅުވީ މި އައިސް ޕްލާންޓުގެ ސަބަބުން ތުޅާދޫއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. ތުޅާދޫގެ ހުޅަނގު ކަނޑަކީ ގިނަ އަދަދެއްގެ މަސްދޯނި ފަހަރު ކަންނެލީގެ މަސްވެރިކަންކުރަން އަންނަ ސަރަހައްދަކަށް ވުމުގެ ސަބަބުން މި އައިސްޕްލާންޓުން އައިސް ފޯރުކޮށްދޭން ފެށުމުގެ ސަބަބުން ހަފްތާއަކު 25 އާއި 30 ދެމެދުގެ މަސްދޯނި އެރަށަށް އަންނާނެކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.