ސަލްސާ އިންވެސްޓްމަންޓުން އޭދަފުށީގައި ހިންގަމުން އަންނަ ސަލްސާ ރިޓްރީޓުން މިލްކް ޝޭކްގެ ތަފާތު ބާވަތްތަކެއް ތައާރަފުކޮށްފި އެވެ.
ސަލްސާއިން ތައާރަފުކުރި މިލްކް ޝޭކުގެ ބާވަތަތްކުގެ ތެރޭގައި މާސް، ސްނިކާސް، ނުޓެއްލާ، އޯރިއޯ، ކިޓްކެޓް، ޓޮބްލޮރޯން، ބައުންޓީ އަދި ފެރާރޯ ހިމެނެއެވެ.
ސަލްސާއިން ބުނީ އަލަށް ތައާރަފުކުރި މިލްގެ ޝޭކްގެ ބާވަތްތައް ގޭގެއަށް ޑެލިވަރީ ކޮށްދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.
މިލްކް ޝޭކުގެ ބާވަތްތަކުގެ އިތުރުން ފަލޫދާ އަކީ ވެސް ސަލްސާ ރިޓްރީޓުން މިހާރު ލިބެންހުރި މީރު ބުއިމެކެވެ. މީގެ އިތުރުން އެތަނުގެ ޕިއްޒާގެ ރަހަޔަށް މިއަތޮޅު އާންމުންގެ އިތުރުން ރިސޯޓްތަކުން ވެސް ބޮޑު މަގުބޫލު ކަމެއް ވަނީ ލިބިފަ އެވެ.