ރ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާ ކުރެވޭތީ މޫސުމާ ބެހޭ އިދާރާ އިން ޔެލޯ އެލާޓް ނެރެފި އެވެ.
މިރޭ 11:00 އާ ހަމައަށް ނެރުނު އެލާޓްގައި ބުނެފައިވާ ގޮތުން މި ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މީގެ އިތުރުން ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ބުނެފައި ވެއެވެ. އަދި ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް ވެސް މެޓުން ލަފާކުރެ އެވެ.