އޭދަފުށީ ކައުންސިލުން ވެސް އެމްއައިބީގެ ހިއްސާ ގަންނަނީ

ބ. އޭދަފުށީ ކައުންސިލުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ ގަންނަން ނިންމައިފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ އެ ކައުންސިލުން ގަންނަން ނިންމާފައި ވަނީ 20000 ހިއްސާ ކަމަށެވެ. އެއީ ހަތްލައްކަ ރުފިޔާގެ ހިއްސާ އެވެ. އެމްއައިބީން ގަންނަ ހިއްސާގެ ފައިދާ ޖަމާކުރާނީ ބީއެމްއެލްގައި ހުންނަ އެ ކައުންސިލްގެ އެކައުންޓަށް ކަމަށް އޭދަފުށީ ކައުންސިލުން ބުންޏެވެ.

އެމްއައިބީގެ ހިއްސާ ވިއްކަން ފަށާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން އެ ބޭންކުގެ 6.9 މިލިއަން ހިއްސާ ވިއްކުމަށް އެމްއައިބީން ވަނީ ހުޅުވާލައިފަ އެވެ.

އެމްއައިބީގެ ހިއްސާ އަށް ބ. އަތޮޅުން ވެސް ބޮޑު ޑިމާންޑެއް ވަނީ ލިބިފައެވެ. އެގޮތުން މިއަތޮޅު ކައުންސިލުން 1.75 މިލިއަން ރުފިޔާގެ ހިއްސާ ގަނެފައިވާއިރު، އޭދަފުށީ ރެޝިޑެންޝިއަލް ލާނިންގ ސެންޓަރުން ވެސް 1.5 މިލިއަން ރުފިޔާގެ ހިއްސާ ވަނީ ގަނެފައެވެ.

އެމްއައިބީން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ހިއްސާ ގަނެވޭނެ ލުއި ގޮތްތަކެއް ހޯދައިދީފަ އެވެ. އެގޮތުން ދުނިޔޭގެ ކޮންމެ ތާކު ހުރެގެން ވެސް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ އިންފިނިޓީ ފޯޓަލް މެދުވެރިކޮށް އެ ބޭންކުގެ ހިއްސާ ގަނެވޭނެ އެވެ. މީގެ އިތުރުން އެ ބޭންކުގެ ހެޑް އޮފީހުންނާއި ކަލެކްޝަން ސެންޓަރުން ވެސް ހިއްސާ ގަނެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.