ތުޅާދޫގައި އައުޓްޑޯ ޖިމް ހަދާ ސާމާނު ހަވާލުކޮށްފި

ބ. ތުޅާދޫގައި އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު ހެލްތު މިނިސްޓްރީން ޔޫތު މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

މިއީ ދުޅަހެޔު ސިއްހަތަކަށް ދިވެހިން އަހުލުވެރިކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިދިޔަ އަހަރު ފެށި “25 އަށް 25” ގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ޔޫތު މިނިސްޓްރީއާ މިއަދު ހަވާލުކުރީ ބ. ތުޅާދޫގެ އިތުރުން ތ. ތިމަރަފުށި އާއި ށ. މިލަންދޫ އާއި ހއ. ފިއްލަދޫގެ އަދި އއ. ރަސްމާދޫގައި ޖިމް ހަދާ ސާމާނެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، މި ތަކެތި ހަވާލުކުރަން ވީ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ތަކެއްޗެވެ. އެ ތަކެތި ރަށްތަކުގެ ކައުންސިލާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޔޫތު މިނިސްޓްރީންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންމިނިސްޓަރު މަހްލޫފު ވިދާޅުވީ، ރަށްރަށުގައި އައުޓްޑޯ ޖިމް ގާއިމްކުރުމަކީ އެ މިނިސްޓްރީން މިހާރު ވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

ރަށްތަކުގައި އައުޓްޑޯ ޖިމް ހަދަން ހެލްތު މިނިސްޓްރީ އާއި ޑަބްލިއުއެޗްއޯއިން ދޭ އެހީތެރިކަމަށް މަހްލޫފު ޝުކުރުއަދާކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.