ފެނުގައި ދަނޑުވެރިކަން ކުރުމުގެ ޕްރޮގްރާމެއް މާޅޮހުގައި އިފްތިތާހުކޮށްފި

‏ބ. މާޅޮހުގައި ކުރިޔަށް ގެންދާ ހައިޑްރޮޕޮނިކްސް ޕްރޮގްރާމް އިފްތިތާޙްކުރުމުގެ ތެރެއިން; ފޮޓޯ/ފިޝަރީޒް މިނިސްޓްރީ

ބ. މާޅޮހުގައި ފެނުގައި ދަނޑުވެރިކަން ކުރުމުގެ ނިޒާމް ގާއިމްކޮށް، އެކަން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު އިފްތިތާހުކޮށް ދެއްވައިފި އެވެ.

ފެނުގައި ދަނޑުވެރިކަން ކުރާ “ހައިޑްރޮޕޯނިކްސް” ނިޒާމުގައި ބޭނުންކުރާނީ ގަހަށް ބޭނުންވާ ކާނާ އެކުލެވޭ ނިއުޓްރިއެންޓް ތަކެކެވެ. މި ގޮތަށް ދަނޑުވެރިކަން ކުރާނީ ކޮންޓްރޯލް ކުރެވިފައިވާ ވެށިތަކެއްގައި ވެލި ބޭނުން ނުކޮށެވެ. 

‏ބ. މާޅޮހުގައި ކުރިޔަށް ގެންދާ ހައިޑްރޮޕޮނިކްސް ޕްރޮގްރާމް އިފްތިތާޙްކުރުމުގެ ތެރެއިން;

މި ޕްރޮގްރާމުގެ ދަށުން ފިޝަރީޒް މިނިސްޓްރީން ވަނީ މާޅޮހުގެ 10 ގެއެއްގައި ހައިޑްރޮޕޯނިކްސް ނިޒާމު ގާއިމުކޮށްދީފަ އެވެ. އަދި އެރަށުގައި ވަނީ ހައިޑްރޮޕޯނިކްސްގައި ގަސްހެއްދުމުގެ ތަމްރީން ޕްރޮގްރާމެއްވެސް ހިންގައިފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ދަށުން ހައިޑްރޮޕޯނިކްސް ގާއިމުކޮށްދީފައިވާ ކޮންމެ ގެއެއްގައި ލެޓިއުސްފަދަ ފަތްޕިލާވެލި ހައްދާ ސިސްޓަމަކާއި ކިޔުކަންބާ އަދި މެލަންގެ ބާވަތްތައް ހެއްދުމަށް ހާއްސަ ސިސްޓަމެއްވެސް ގާއިމުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން ފަތްޕިލާވެލި އިންދުމަށް ހާއްސަ ސިސްޓަމުތަކުން ކޮންމެ ސިސްޓަމަކުން 12 ކިލޯ އަދި ކިޔުކަންބާ އާއި މެލަން ހެއްދުމަށް ހާއްސަ ސިސްޓަމުތަކުން ކޮންމެ ސިސްޓަމަކުން 65 ކިލޯ އުފެއްދޭނެ ކަމަށް ވެސް އެ މިނިސްތްރީން ބުންޏެވެ.

މި ޕްރޮގްރާމު އިފްތިތާހު ކުރުމަށް މާޅޮހުގައި މިއަދު ކުރިއަށްގެންދިޔަ އެއް ދުވަހުގެ އިވެންޓުގައިބައިވެރިވެ ވަޑައިގެންނެވި މެހުމާނުންވަނީ ހައިޑްރޮޕޯނިކްސް ޕްރޮގްރާމުގެދަށުން އުފައްދާފައިވާ ބާވަތްތައް ފުރަތަމަ ފަހަރަށް ހާވެސްޓްކޮށްދެއްވާ ސިސްޓަމުތަކުގައި އަލުން ގަސް އިންދަވާދެއްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.