ތަސްމީން އެމްޑީޕީއާ ގުޅިވަޑައިގަތުން މާ ރަނގަޅުވާނެ: އާއްޓޭ

ރޭ ބޭއްވި ކަންމަތީ ޖަލްސާގައި އާއްޓޭ ވާހަކަ ދައްކަވަނީ -- ފޮޓޯ / ތޯރިގް
ރޭ ބޭއްވި ކަންމަތީ ޖަލްސާގައި އާއްޓޭ ވާހަކަ ދައްކަވަނީ — ފޮޓޯ / ތޯރިގް

 

ރައީސް ވަހީދުގެ ރަނިން މޭޓް އަހްމަދު ތަސްމީން އަލީ އޭދަފުއްޓަށް ކޮށްދެއްވި ކަންތައްތަކާ އެއްގޮތަށް މިރަށުގެ ރައްޔިތުން އެ ވައުދު ފުއްދައިދީފައިވާ ކަމަށާއި އެ މަނިކުފާނު ދެން މިރަށް އެހެން ގޮތަކަށް ބަދަލުކުރެއްވުމަށްވުރެ އެމްޑީޕީއާ ގުޅިވަޑައިގަތުން މާ ރަނގަޅުވާނެކަމަށް އަހްމަދު އާތިފް (އާއްޓޭ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން އޭދަފުށީގައި ބާއްވަމުންގެންދާ ސިލްސިލާ ކަންމަތީ ބައްދަލުވުންތަކުގެ ތެރެއިން ރޭ ފަސްމީރު ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާއްޓޭ ވިދާޅުވީ ތަސްމީން ކޮށްދެއްވި ކަންތައްތަކާ އެއްގޮތަށް މިރަށުގެ ރައްޔިތުން އެ ވައުދު ފުއްދައިދީފައިވާ ކަމަށެވެ. އެގޮތުން އެތަކެއް ދައުރަކަށް އެ މަނިކުފާނު ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކޮށްދީފައިވާ ކަމަށެވެ.

 ރޭގެ ޖަލްސާގައިވެސް އާއްޓޭ ވިދާޅުވީ އޭދަފުށީ އެމްޑީޕީއަށް ވެރިކަން ލިބިއްޖެ ނަމަ އޭދަފުށީ ބިންހިއްކުމުގެ މަޝްރޫއު އަންނަ އަހަރު ފައްޓަވާޏެ ކަމަސެވެ. އަދި އޭދަފުށީގެ ބިން ހިއްކައިދޭނީ އޭދަފުށީ ރައްޔިތުން ހިތްހަމަޖެހޭ އަދި އުފާވާ ގޮތަށް ކަމަށެވެ.  އޭދަފުށިގެ ބިން ހިއްކާފަ ނޫނީ ރައީސް ނަޝިދު އަވަހާރަފުޅު ލެއްޕިއަަ ނުދެއްވާނެކަމަށް

“އިދިކޮޅު ފަރާތްތަކުން މިހާރު ދައްކަމުންދަނީ އޭދަފުށީ ބިންހިއްކައިފިނަމަ ސޮނެވާފުށީ ފަރަަށް ކިސަނޑުގެ އަސަރުކުރާނެ ކަމަށް، އެވާހަކަ އަޑު އިވުނީމަ އަޅުގަނޑުމެންގެ ކޯޑިނޭޓަރު ނަސީމުއާ ގުޅިން. ވިދާޅުވީ އެހެނެއް ނޫނޭ ކަންތައް ކުރާނީ. އެމްޑީޕީން ކަންތައްތައް ކުރަނީ ހޯދުންތަކެއްގެ އެހީގައި ދުނިޔޭގެ ބޮޑެތި ކުންފުނިތަކާ ވަހަކަދައްކައި މަޝްވަރާ ކޮށްފައޭ. އެމްޑީޕީގެ ވައުދުތައް އެއީ ނުފުއްދޭނެ ވައުދުތަކެއް ނޫނޭ. އޭދަފުށީގެ ރައްޔިތުންނަށް ޔަގީން ކަންދެމޭ އޭދަފުށިގެ ބިން ހިއްކާފަ ނޫނީ ރައީސް ނަޝިދު އަވަހާރަފުޅުލެއްޕިއަަ ނުދެއްވާނެކަމަށް” އާއްޓޭ ވިދާޅުވި އެވެ.

ރޭގެ ކަންމަތީ ޖަލްސާގައިވެސް އޭދަފުށިން އެމްޑީޕީއަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. original saleem

    އެއްގޮތަކަށް ވެސް ގުޅޭނެކަމެއް ނެތެވެ! ﷲ ގެ ދީނަށް ފުރައްސާރަކޮށް ރަސޫލާގެ ސުންނަތަށް ފުރައްސާރަކޮށް ނިދުމުގަ ސަހާދަތް ނޫން އެހެން ގޮތެއް ހޯދަން އުޅުނީ ދުނިޔޭގެ މަގުފުރެދިގޮސްފައިވާ މީހުންނެވެ! އާއްޓޭ ކީއްކުރަން ކާއްޓޭ ބުންޔަސް މިފަހަރު މީ ޕީޕީއެމްގެ ފަހަރު! މިކަން ނިންމާލާނަން އިންގެތޯ އެމްޑީޕީ ބިކަހާލުގަ ޖައްސާލާފަ! އިސްލާމްދީން ދެމިއޮތުން އެއީ އަހަރުމެން ދިވެހިރައްޔިތުން އެދޭއެދުމެވެ! އެކަން ހާސިލް ވާން އޮތީ އެމްޑީޕީ ނޫން ބަޔަކު ގެނެސްގެނެވެ! އިރާދަކުރެއްވިޔާ މިކަން އަހަރުމެން ރައްޔިތުން ނިކުމެ ކުރާނެމެވެ! ވޯޓުން އެމްޑީޕީ ބަލިކޮއްލުމަކީ ކުރިޔަށްވުރެއްވެސް އަދި މިހާރު މާފަސޭހަކެމެވެ! އިންސާﷲ! ކެރެފާ ނަސީމު އިންޖީނެއް ދިނިއްޔާ އެމްޑީޕީ ފޮތިކޮޅެއް ދަމާލެވިދާނެއެވެ! އެކަމަކު ބުނަންހެއްޔެވެ! ވޯޓު ނަމަ ނަމަ އަހަރުމެން ތިޔަ އެމްޑީޕީ އަކަށް ނުދޭނަމެވެ! ހެއް ހެއް ހޭ!!!! އޭދަފުށްޓަކީ ޕީޕީއެމް/ޑީއާރުޕީ ރަށެކެވެ! އެމްޑީޕީ އަކަށް ހަމަވާ ޖާގަ ގަނޑެއް ތިޔަ ރަށަކު ނެތެވެ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.