ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމަށް ބާސެލޯނާ އަދި މެންޗެސްޓަރ ޔުނައިޓެޑް ބުދަ ދުވަހުގެ ރޭ ނުކުންނަނީ

ބާސެލޯނާ އަދި މެންޗެސްޓަރ ޔުނައިޓެޑްގެ ކުރިމަތިލުން

މި ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް ބުދަ ދުވަހުގެ ރޭ ކުޅޭނެ އެވެ.

އިޓަލީގެ ރޯމްގައި އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭ މި މެޗުގައި ބައްދަލު ކުރާނީ އިގިރޭސި ޕްރިމިއަރ ލީގުގެ ފާއިތުވި ތިން އަހަރުގެ ޗެންޕިއަން އަދި މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ޔުނައިޓެޑާއި ސްޕެނިޝް ލީގުގެ މިއަހަރުގެ ޗެމްޕިއަން ހޯދި ބާސެލޯނާ އެވެ. މި ދެޓީމް މީގެ ކުރިން މި މުބާރާތުގެ ފައިނަލްގައި ބައްދަލުކޮށްފައެއް ނުވެ އެވެ.

ތާރިހުގެ ތެރެއަށް ބަލާއިރު މި މުބާރާތުގެ ޗެމްޕިއަންކަން މެންޗެސްޓަރ ޔުނައިޓެޑް 3 ފަހަރަށް ވަނީ ކާމިޔާބުކޮށްފަ އެވެ. އެއީ 1968 ވަނަ އަހަރާއި 1999 ވަނަ އަހަރުގެ އިތުރުން މިދިޔަ އަހަރެވެ.

ބާސެލޯނާ މި މުބާރާތުގެ ޗެމްޕިއަންކަން ވަނީ މީގެ ކުރިން 2 ފަހަރު ކާމިޔާބުކޮށްފަ އެވެ. އެއީ 1992 ވަނަ އަހަރާއި 2006 ވަނަ އަހަރެވެ.

މެންޗެސްޓަރ ޔުނައިޓެޑް 1968 ވަނަ އަހަރު މި މުބާރާތް ކާމިޔާބު ކުރީ ޕޯޗުގަލްގެ ބެންފިކާ އާ ބައްދަލުކޮށް 4-1 ލަނޑުންނެވެ. ދެވަނަ ފަހަރަށް ކާމިޔާބު ކުރީ ޖަރުމަނުގެ ބަޔާން މިޔުނިކާ ބައްދަލުކޮށް 2-1 ލަނޑުންނެވެ. މިދިޔަ އަހަރު މި މުބާރާތް ކާމިޔާބު ކުރީ އިގިރޭސިވިލާތުގެ ޗެލްސީއާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން 6-5 ލަނޑުންނެވެ.

ބާސެލޯނާ މި މުބާރާތް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރީ 1992 ވަނަ އަހަރު އިޓަލީގެ ސަމްޕްޑޯރިޔާއާ ބައްދަލުކޮށް 1-0 ލަނޑުންނެވެ. އަދި ދެވަނަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރީ 2006 ވަނަ އަހަރު އިގިރޭސިވިލާތުގެ އާސެނަލްއާ ބައްދަލުކޮށް 2-1 ލަނޑުންނެވެ.

މީގެ އިތުރުން ބާސެލޯނާ ވަނީ 3 ފަހަރެއްގެ މަތިން މި މުބާރާތުގެ ދެވަނަ ހޯދައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.