ކަމަދޫ ފަރު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ހިންގައިފި

ކަމަދޫ ފަރު ސާފުކުރުމަށ ްއިއްޔެ ހިންގި ހަރަކާތުގެ ތެރެއިން

ބ. ކަމަދޫ ޑައިވް އެންޑް ވޯޓަ ސްޕޯޓްސް އާއި ހައިޑްރޯ ޓޯއީސް އިސްނަގައިގެން އެރަށު ގެސްޓު ބީޗާއި ފަރު ސާފު ކުރުމުގެ ބޮޑު ހަރަކާތެއް ހިންގައިފި އެވެ.

“ސާފު ކަމަދޫ” ގެ ނަމުގައި އިއްޔެ ހިންގި މިޕްރޮގްރާމަކީ އެރަށު ހުރިހާ ގެސްޓުހައުސްތަކާއި މުއައްސަސާތައް އަދި ޖަމިއްޔާތަކާއި ވިޔަފާރިވެރިންގެ ބައިވެރި ވުމާއިއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ކަމަދޫ ފަރު ސާފުކުރުމަށ ްއިއްޔެ ހިންގި ހަރަކާތުގެ ތެރެއިން

މި ޕްރޮގްރާމުގައި ހެނދުނު 9:00 އިން 12:00 ކުރިއަށް ގެންދިޔައީ ފަރު ސާފުކުރުމުގެ ހަރަކާތެވެ. އެއަށްފަހު މެންދުރު ފަހު އޮތީ ވޯޓަރ ސްޕޯސްޓްސް އިވެންޓުތަކެވެ.


މި އިވެންޓު އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވި ކަމަދޫ ޑައިވް އެންޑު ވޯޓަ ސްޕޯޓްސް އިން ބުނީ ކަމަދޫ ހައުސް ރީފް ސާފު ކުރުމުގެ މިޕްރޮގްރާމު ކޮންމެ 3 މަހަކުން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށެވެ. އަދި މިއީ ފަރު ސާފު ކުރުމުގެ މިވަރުގެ ބޮޑު އިވެންޓެއް ކުރިއަށް ގެންދިޔޔަ ފުރަތަމަ ފަހަރުކަމަށާއި މި ޕްރޮގްރާމަށް ކަމަދޫ ރައްޔިތުންގެ ވަރަށްބޮޑު ތަރުހީބެއް ލިބުނުކަމަށް އެތަނުން ބުންޏެވެ.

ކަމަދޫ ފަރު ސާފުކުރުމަށ ްއިއްޔެ ހިންގި ހަރަކާތުގެ ތެރެއިން

“މިކަމަށްޓަކައި ކަމަދޫ ޑައިވް އެންޑް ވޯޓަ ސްޕޯޓްސް އާއު ހައިޑްރޯ ޓޯއީސްގެ މެނޭޖުމަންޓުގެ ނަމުގައި ކަމަދޫގެ މުއައްސަސާތަކާއި ވިޔަފާރިވެރިންނާއި ޖަމިއްޔާ އަދި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރު ލުމަށް ވަރަށް އިޚްލާސްތެރި ޝުކުރެއް ދަންނަވަން،”

ކަމަދޫ ފަރު ސާފުކުރުމަށ ްއިއްޔެ ހިންގި ހަރަކާތުގެ ތެރެއިން

ކަމަދޫގައި ވޯޓަރ ސްޕޯޓްސް އަދި ޑައިވް ފެސިލިޓީސް ހިންގަނީ ކަމަދޫގެ ދަރިންނެވެ. މިވަގުތު ކަމަދޫގައި 10 ގެސްޓުހައުސް ހިންގަމުން ދެއެވެ. އަދި އިތުރު ގެސްޓުހައުސްތައް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. އެރަށުގައި ފުޅާ ދާއިރާއެއްގައި ޑައިވިން އަދި މޫދުކުޅިވަރުތައް ވެސް ކުރިއަށް ގެންދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.