ލިޓަސްގެ ފަރާތުން އަނެއްކާ ވެސް ސަޅިކަމެއް، ހުރިހާ މުވައްޒަފުންނަށް އެމްއައިބީގެ ހިއްސާ ގަނެދީފި

ރާއްޖޭގައި މޮޓޯ ސައިކަލްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ލިޓަސް ކުންފުނިން  އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހިއްސާ ގަނެދީފި އެވެ.

ލިޓަސް އިން ބުނި ގޮތުގައި އެ ކުންފުނީގެ ހުރިހާ މެންބަރުންނަށް އެމްއައިބީގެ ހިއްސާ ގަނެދިނީ އެ ހުރިހާ މެންބަރުންގެ މުސްތަގުބަލް ބިނާ ކޮށްދިނުމަށް އެހީތެރިކަމެއް ދިނުމުގެ ބޭނުމުގަ އެވެ.

“އަޅުގަނޑުމެން ބޭނުންވަނީ ލިޓަސްގެ ހުރިހާ މެންބަރުންނަކީ ރާއްޖޭގެ ސްޓޮކް މާކެޓަށް އަހުލުވެރިވާނެ ބަޔަކަށް ހަދައި މުސްތަގުބަލަށް ވިސްނާ، އެކަމަށް ހުންނަ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ހިތްވަރުދިނުން،” ލިޓަސްގެ މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވި އެވެ.

“އަދި އެންމެހާ މެންބަރުންނަކީ ފުދުންތެރި ދިރިއުޅުމެއް އުޅޭނެ ބަޔަކަށްވުމަކީ ކުންފުނީގެ މައިގަނޑު އެއް އަމާޒު،”

ލިޓަސް އިން ވަނީ މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭ މަސައްކަތަކުރާ އެ ކުންފުނީގެ ހުރިހާ މެންބަރުންނަށް މި ފުރުސަތުވަނީ ހޯދައިދީފަ އެވެ. ކުރިއަށްއޮތީ ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން ހިމެނޭގޮތަށް އެ ކުންފުނީގެ 200 މެންބަރުންނަކީ ހިއްސާގެ ބާޒާރުން ހިއްސާ ގަނެގެން ތިބޭނެ ބަޔަކަށް ހެދުންކަމަށް ވެސް ލިޓަސް އިން ބުންޏެވެ.

“މިއަދު އަޅުގަނޑުމެންގެ އެންމެހާ މެންބަރުންނަކީ އެމްއައިބީގެ ހިއްސާދާރުން. ހަގީގަތުގައިވެސް އަޅުގަނޑުމެންގެ ކުންފުނި ލިޓަސްގެ ހުރިހާ މެންބަރުންނަށް މި ހުޅުވާލަދިނީ ވަރަށް މުހިއްމު ދޮރެއެ. އަޅުގަނޑު ގަބޫލުކުރާ ހިތްއޮތީ މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ މެންބަރުން ސްޓޮކް މާކެޓްގައި ހުރި ފުރުސަތުތައް ދެނެގަތުމަށް ލިބޭ އިތުރު ހިތްވަރަކަށްވެ، ކުރިމަގު ކުރެހުމުގައި އިތުރު ފަސޭހަތަކެއް ވާނެ ކަމަށް” އާސިފް ރަޝީދު ވިދާޅުވި އެވެ.

އެމްއައިބީގެ ހިއްސާ ވިއްކަން ފަށާފައި ވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު އެވެ. އެގޮތުން އެ ކުންފުނީގެ 6.9 މިލިއަން ހިއްސާ ވިއްކުމަށް އެމްއައިބީން ވަނީ ނިންމައިފަ އެވެ. އެމްއައިބީން ހިއްސާ ވިއްކުމަށް ހުޅުވާލުމުން ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.