ޔޫރަޕްގެ ސްޓާޓް ބްރޭންޑްގެ ބެޓެރީ ރާއްޖެއަށް ތައާރަފުކޮށްފި

ޔޫރަޕްގެ މަޝްހޫރު ސްޓާޓް ބްރޭންޑްގެ ބެޓެރީ ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

މެރިން ޕަވަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެތެރެކޮށް ވިއްކާ، މި ބެޓަރީ ރަސްމީކޮށް ތައާރަފުކޮށް ދެއްވީ، ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭ ހަކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލެވެ.

ސްޓަރޓް ބްރޭންޑްގެ ބެޓަރީގެ ވައްތަރުތަކުގެ ތެރޭގައި، އޮޑި ދޯނިފަހަރާއި ލޯންޗް ފަހަރާއި އާގުބޯޓާއި އެހެނިހެން ކަނޑު އުޅަނދުފަހަރާއި ކާރާއި ޕިކަޕާއި ލޮރީ ބަހުގެ އިތުރުން އެއްގަމުގައި އިލެކްޓިކް ވެހިކަލާއި ހެވީ ވެހިކަލާއި އަސްކަރިއްޔާގެ ހާއްސަ އުޅަނދު ފަހަރަށް ހާއްސަ ބެޓަރީ ހިމެނެ އެވެ.

ސްޓަރޓް ބެޓަރީ އުފައްދާ ބަލްގޭރިއާގެ މޮންބަޓް ގްރޫޕްގެ ސޭލްސް މެނޭޖަރު ލަޒަރ ސްޓޮއިޗެފް ވިދާޅުވީ އެ ކުންފުނީގެ މި ބެޓަރީއަކީ ޔޫރަޕްގެ މިންގަނޑުތަކަށް ފެތޭގޮތަށް އުފައްދާފައިވާ މޮޅު ބެޓަރީއެއް ކަމަށާއި ރާއްޖެ ފަދަ ހޫނުގަދަ ގައުމުތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ ބެޓަރީއެއް ކަމަށެވެ.

އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ މި ބެޓަރީއަކީ ރާއްޖެ ފަދަ ހޫނު ގަދަ މާހައުލުތަކަށް ހާއްސަކޮށްގެން “ޓްރޮޕިކަލައިޒްޑް” ކުރެވިފައިވާ ބެޓަރީއެކެވެ. އާންމު ހާލަތްތަކުގައި ނުގޮވާ ގޮތަށް “ފްލޭމް އެރެސްޓަރސް” ހަރުކުރެވިފައިވާ ބެޓަރީއެކެވެ. މި ބެޓަރީގައި ބޭނުންކޮށްފައިވާ އެންމެ ފަހުގެ ޓެކްނޮލޮޖީކަމުގައިވާ “ލިބަރެންތު ސިސްޓަމު”ގެ ސަބަބުން ބެޓަރީގެ އެތެރޭގައި ފެނާއި ގޭސް ބަރާބަރަށް ދައުރު ވެ، ބެޓަރީގައި ހުންނަ ދިޔަ އާތްވަށް ބަދަލުވުން މަދުކޮށްދެ އެވެ. އަދި މި ނިޒާމުގެ ސަބަބުން ބެޓަރީގައި ހިމެނޭ އިލެކްޓްރޯލައިޓް ލީކުވުން ހުއްޓުވަ އެވެ. ނަތީޖާއަކަށް ވަނީ، ހޫނުގަދަ މާހައުލުތަކުގައި ވެސް ބޭނުންކުރެވުމާއި، ބެޓަރީ ނުގޮވުމާއި ބެޓަރީގެ އުމުރު ދިގުވެގެން ދިއުމެވެ.

މި ބެޓަރީ އުފައްދާފައިވަނީ ކަނޑުގަދަވިޔަސް، އަޑިގުޑަން ތަންތަނުގައި ދުއްވިޔަސް ލޮޅުންތަކާއި ތެޅުންތައް މައިތިރިކުރެވި ބެޓަރީގެ އެތެރޭގެ ނިޒާމަށް ލިބޭ ގެއްލުން ކުޑަކުރެވޭ ގޮތަށެވެ. އެކަމުގެ ނަތީޖާއަކީ ވެސް ބެޓަރީ ބޭނުންކުރެވޭ އުމުރު ދިގުވުމެވެ.

ރާއްޖޭގައި މި ބެޓަރީ މާކެޓްކުރާ މެރިން ޕަވަރ މޯލްޑިވްސްގެ ޑިރެކްޓަރު ހަސަން އާދިލް ވިދާޅުވި ގޮތުގައި މި ބެޓަރީއަކީ ޔޫރަޕުން ރާއްޖެއަށް އެތެރެކޮށް މިފަދަ ބޮޑު ސްކޭލެއްގައި ވިއްކާ ފުރަތަމަ ބެޓަރީ އެވެ.

“މިއީ ޔޫރަޕްގެ ޓެކްނޮލޮޖީއާއި މިންގަނޑުތަކަށް ޔޫރަޕްގައި އުފައްދާ ބެޓަރީއެއް. އެތެރެ ވެސް މިކުރަނީ ސީދާ ޔޫރަޕުން،” އާދިލް ވިދާޅުވި އެވެ.

“މި މޮޅު ބެޓަރީ އަޅުގަނޑުމެން މި ވިއްކަނީ ވެސް އަތްފޯރާ ފަށުގައި. ބާޒާރުގައި ހުރި އެހެން ބެޓަރީތަކަށް ވުރެ އަގުބޮޑެއް ނުވާނެ.”

ބަލްގޭރިޔާގެ މޮންބަޓް ކުންފުނިން އުފައްދާ މި ބެޓަރީއަކީ ޔޫރަޕްގެ މިންގަނޑުތަކަށް ފެތޭ ގޮތަށް އުފައްދާ ބެޓަރީއެކެވެ. ފަސްދޮޅަހަށް ވުރެ ގިނަ އަހަރު ވެފައިވާ މޮންބަޓް ކުންފުނިން 400 އަށް ވުރެ ގިނަ އެކި ވައްތަރުގެ ބެޓަރީ އުފައްދައި، 70 އަށް ވުރެ ގިނަ ގައުމަށް އެކްސްޕޯޓް ކުރެ އެވެ.

ނޯޓް:

މެރިން ޕަވަރ މޯލްޑިވްސް އަކީ ކޯލަރ ބްރޭންޑްގެ މެރިން ޖަނަރޭޓަރާއި ޖަޕާނުގެ މިޓްސުބުޝީ މެރިން އިންޖީނުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ. އަދި ސްޓަރޓް ބެޓަރީ އުފައްދާ ބަލްގޭރިއާ މޮންބަޓް ގްރޫޕްގެ ރާއްޖޭގެ އެޖެންޓަރީ ވެސް މެރިން ޕަވަރ މޯލްޑިވްސް އެވެ. މި ކުންފުނި ހިންގާތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.