ކިހާދޫ ސްކޫލްގެ ޑިނާ ނައިޓުން މިއަހަރު ވެސް ލައްކައަށްވުރެ ގިނަ ރުފިޔާ

ކިހާދޫ ސްކޫލުގަިއ ރޭ ބޭއްވި ޑިނާ ނައިޓްގެ ތެރެއިން. ފޮޓޯ- ކިހާދޫ ސްކޫލް

ސްކޫލްގެ ހަރަކާތްތައް ހިންގުމަށާއި ބޭނުންވާތަކެއްޗާއި ވަސީލަތްތައް ހޯދުމަށް މަގުފަހި ކުރުމުގެ ގޮތުން ކިހާދޫ ސްކޫލްގެ ޕީޓީއޭގެ ފަރާތުން ރޭ އެ ސްކޫލްގައި ބޭއްވި ޑިނާ ނައިޓުން އެއްލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އެ ސްކޫލުން ބުނެފި އެވެ.

ކިހާދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޒުބައިރު ވިދާޅުވީ ރޭ އެ ސްކޫލުގައި ބޭއްވި ޑިނާ ނައިޓުން 109,505 ރުފިޔާ ލިބިފައިވާ ކަމަށެވެ.

ޒުބައިރު ވިދާޅުވީ މި އަހަރުގެ ޑިނާ ނައިޓުން ވެސް އުންމީދު ކުރި ނަތީޖާ ހާސިލުވި ކަމަށާއި މި ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ މިހާރުވެސް އަމަލުކުރާ ފަދައިން ސްކޫލްގެ ވަސީލަތްތައް ތަރައްޤީ ކުރުމަށް ކަމަށެވެ.

ޒުބައިރު ވިދާޅުވީ ޑިނާ ނައިޓަށް މިއަހަރު ވެސް ރަށުން ބޭރުން ގިނަ އަދަދެއްގެ މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށާއި ރަށުގެ ރައްޔިތުންގެ އިތުރުން ރިސޯޓްތަކުގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

“ޑިނާ ނައިޓު ބޭއްވުމުގައި ކިހާދޫގެ ރައްޔިތުންނާއި ޒުވާނުންގެ އިތުރުން ކައިރި ރިސޯޓްތަކުގެ އެހީތެރިކަން މިފަހަރު ވެސް ވަރަށް ބޮޑަށް ލިބުނު. އެކަން ފާހަގަކޮށް އެ ފަރާތްތަކަށް ވަރަށް ބޮޑު ޝުކުރު އަދާކުރަން،”

2010  ވަނަ އަހަރުން ފެށިގެން “ދިވެހި ސުފުރާ” ގެ ނަމުގައި ބާއްވަމުން އަންނަ މި ޑިނާ ނައިޓަކީ އެ ސްކޫލުގެ ޕީޓީއޭގެ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން އެ ޖަމިއްޔާއިން އިސްނަގައިގެން ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.