ބ. އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖު ފަށައިފި

ބ. އަތޮޅުގެ ޒުވާނުންނަށް ހާއްސަކޮށްގެން އޭދަފުށީ ކްލަބް ދަ ބިގިނާސް އިން ބާއްވާ ބ. އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖު އިއްޔެ ހަވީރު ފަށައިފި އެވެ.

މި މުބާރާތުގައި ބ. އަތޮޅުގެ ބައެއް ރަށްރަށުންނާއި ރިސޯޓްތަކުން ދިހަ ޓީމު ވާދަކުރެ އެވެ. އެއީ ވެސްޓިން މޯލްޑިވްސް، ފޯސީޒަން ލަނޑާގިރާވަރު، ދުސިތު ތާނީ، މިލައިދޫ، ފެއިމްސް، ނައުޓިލަސް، ޔުނައިޓެޑް ވީ، ޓީމް މާޅޮސް އަދި ދަރަވަންދޫ ކިންގްސް ޔުނައިޓްގެ އިތުރުން އެންމެފަހުގެ ޗެމްޕިއަން އިރުމަތީ ލަވާސް އެވެ.

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ވެސްޓިން އަތުން ލަނޑާގިރާވަރު ވަނީ 2-0 އިން މޮޅުވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފޯސީޒަންސްގެ މުހައްމަދު އަޒީމެވެ. ދެވަނަ މެޗުގައި ނައުޓިލަސް އަތުން ޔުނައިޓެޑް ވީ މޮޅުވީ 4-3 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ޔުނައިޓެޑް ވީގެ އަބްދުﷲ މުއާޒަށެވެ.

ދަ ބިގިނާސް އިން  ބުނީ މި މުބާރާތުގެ ބޭނުމަކީ ބ. އަތޮޅުގެ ރިސޯޓްތަކާއި ރަށްރަށުގެ ފުޓްސަލް ޓީމްތަކުގެ މެދުގައި އެކުވެރިކަމާއެކު ވާދަވެރި ފުޓްސަލް މެޗްތަކެއް ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

މި މުބާރާތް މިމަހުގެ 20 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.