ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން ފެތުމުގެ މުބާރާތެއް ބާއްވަނީ

ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން އޯޕަން ފެތުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

ދިރާގު މާލެ އޯޕަން ސްވިމިންގ ކޮމެޕެޓިޝަން 2019 ގައި ބާއްވާ މި މުބާރާތަކީ 1 ކިލޯ މީޓަރ ނުވަތަ 500 މީޓަރުގެ އޯޕަން ވޯޓަރ ފެތުމުގެ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމަށް ހަމަ ޖެހިފައިވަނީ 12 އޮކްޓޯބަރ 2019 ވާ ހޮނިހިރު ދުވަހު މާލެ ރަސްފަންނާ ދިމާ ބޭރު ކަނޑުގަ އެވެ. ހުރިހާ އުމުރު ފުރައަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ކުޑަކުދިންގެ އިވެންޓް އޮންނާނި ރަސްފަންނު ތެރޭގަ އެވެ.

ދިރާގުން ބުނި ގޮތުގައި މި މުބާރާތް ރާވާ ހިންގަނީ ސްވިމް މޯލްޑިވްސް އިންނެވެ. އެ ޖަމިއްޔާއަކީ ފެތުމާއި މޫދު ކުޅިވަރު ކުރިއަރުވައި ތަރައްޤީކޮށް ކުރިއެރެވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. ސްވިމް މޯލްޑިވްސްއިން މި މުބާރާތް ބާއްވާ އެއް މަޤްޞަދަކީ، ވީހާވެސް ގިނަ ބަޔަކަށް، ވާދަވެރި، ރައްކާތެރި، އުފާވެރި މާޙައުލެއްގައި ފެތުމާއި މޫދު ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ދިރާގުންން ބުނި ގޮތުގައި އެ ކުންފުނިން މި މުބާރާތް ބޭއްވުމަށް އެއްބާރުލުން ދިނުމުގެ މަގްސަދަކީ ރާއްޖެއަކީ ވަށައިގެން މޫދު އަދި ކަނޑު އެކުލެވޭ ޖަޒީރާ ގައުމެއްކަމުގައި ވުމުން، ފެތުމާއި މޫދު ކުޅިވަރަށް ވީހާވެސް ގިނަ ދިވެހިން އަހުލުވެރިކޮށް މި ފަދަ ކުޅިވަރުތައް ރާއްޖޭގައި ކުރިއަރުވުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކޭތީއެވެ. އަދި ހަމަ އެއާއެކު ފެތުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދިވެއްސަކައްވެސް ފަސޭހަކަމާއެކު ދަސްކޮށް ކުރެވޭނެ ކަމެއްކަމުގައި ވުމަކީވެސް މި މުބާރާތް ބޭއްވުމަށް ދިރާގުން އެއްބާރުލުން ދިނުމުގެ މަގުސަދެއް ކަމަށް އެ ކުންފުނިން ބުންޏެވެ.  

މުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢުމުރުފުރާތަކާއި ކެޓަގަރީތައް ތިރީގައި އެވަނީއެވެ.

ޢުމުރު ފުރާ 500 މީޓަރު 1 ކިލޯ މީޓަރު ތަން
7 އަހަރާއި 10 އަހަރާ ދެމެދު ރަސްފަންނު އެތެރެ
11 އަހަރާއި 12 އަހަރާ ދެމެދު ރަސްފަންނު ބޭރު
13 އަހަރާއި 14 އަހަރާ ދެމެދު ރަސްފަންނު ބޭރު
20 އަހަރާއި 29 އަހަރާ ދެމެދު ރަސްފަންނު ބޭރު
30 އަހަރާއި 39 އަހަރާ ދެމެދު ރަސްފަންނު ބޭރު
40 އަހަރާއި 49 އަހަރާ ދެމެދު ރަސްފަންނު ބޭރު
50 އަހަރުން މަތި ރަސްފަންނު ބޭރު

މިމުބާރާތް ހޯސްޓު ކުރަނީ، މުބާރާތް ނިސްބަތްވާ މާލެ ސިޓީ ކައުންސިލްގެ އިދާރާއިންނެވެ.

މުބާރާތުގެ ބައިވެރިވެ ނިންމާ ކޮންމެ ފެތުންތެރިއަކަށް، ޓީޝާރޓަކާއި ފިނިޝަރ މެޑަލެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ އިތުރު މައުލޫމާތު ހޯދުމަށް https://www.facebook.com/events/365929051001040/

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.