ބައްކު 19 އަހަރުން ދަށުގެ ގައުމީ ޓީމާއެކު ގަތަރަށް

ނޭޕާލްގެ ކަތުމަންޑޫގައި މިމަހު 20 އިން 29 އަށް ކުރިޔަށް ގެންދާ ތިންވަނަ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނުތަކަށް މިއަދު ގަތަރަށް ފުރި ރާއްޖޭގެ 19 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާއެކު ފެހެންދޫގެ އުންމީދީ ފޯވަޑް އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ފުރައިފިއެވެ.

ރާއްޖޭގެ ހަމައެކަނި އޭއެފްސީ ޕްރޯ ލައިސެންސް އޮންނަ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ގެ އިރުޝާދުގެ ދަށުން ރާއްޖޭގެ 19 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމް ވަނީ މީގެ ހަތަރު ވަރަކަށް މަސް ކުރިން ފަރިތަކުރުންތައް ފަށާފައެވެ. ޓީމާއެކު ގަތަރަށް 26 ކުޅުންތެރިން ފުރި ނަމަވެސް، މުބާރާތުގައި ވާދަކުރާ ފައިނަލް ސްކޮޑަށް ނަގާނީ 23 ކުޅުންތެރިންނެވެ.

ބައްސާމް (ބައްކު) މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕުގައި ކްލަބް އޭދަފުށި ކޮޅަށް ލަނޑު ޖެހުމަށްފަހު. – ފޮޓޯ: އިމޭޖަސް އެމްވީ

މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާ، ދިވެހި ޕްރިމިއަރ ލީގުން ޖާގަ ހޯދި ފެހެންދޫ ޓީމުގައި ވެސް ހިމެނުނު އުމުރުން 19 އަހަރުގެ ބައްކު ވަނީ މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕުގައި ކްލަބް ގްރީން ސްޓްރީޓްސް އަށް ވެސް ކުޅެފައެވެ. މުބާރާތުގެ ސެމީ ފައިނަލުން އެޓީމު ކެޓި ނަމަވެސް ބައްކު ވަނީ އެޓީމަށް މޮޅު ކުޅުމެއް ދައްކާ، އޭދަފުށި ކޮޅަށް ގުރޫޕް ސްޓޭޖުގައި ހިތްގައިމު ގޯލެއް ވެސް ކާމިޔާބު ކޮށްދީފައެވެ.

ޔޫތު ޗެމްޕިއަންޝިޕަށް ފަހު ބައްކު ވަނީ ދިވެހި ޕްރިމިއަރ ލީގު ކުލަބް ޔުނައިޓެޑް ވިކްޓްރީއާ ގުޅިފައެވެ. ކުޅެން ލިބޭ މަދު ފުރުސަތުތަކުގައި އޭނާ އަންނަނީ ޓީމަށް އުންމީދީ ކުޅުމެއް ދައްކަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.