މެލޭޝިއާގެ އޯޕަން ޔުނިވަސިޓީގެ އިސް ވަފުދެއް އޭދަފުއްޓަށް

ވިލާ ކޮލެޖުން ހިންގި މާސްޓާސް އަދި ޑިގްރީގެ ބައެއް ކޯސްތައް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް އޯގަސްޓް 21، 2013 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އޯއެމްޔޫގެ އިސްބޭފުޅުން.--ހަވީރު ފޮޓޯ:
ވިލާ ކޮލެޖުން ހިންގި މާސްޓާސް އަދި ޑިގްރީގެ ބައެއް ކޯސްތައް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް އޯގަސްޓް 21، 2013 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އޯއެމްޔޫގެ އިސްބޭފުޅުން.–ހަވީރު ފޮޓޯ:

 

ވިލާ ކޮލެޖާ ގުޅިގެން ރާއްޖޭގައި ގިނަ ގޯސްތަކެއް ކުރިއަށްގެންދާ މެލޭޝިޔާގެ އޯޕަން ޔުނިވަސިޓީ (އޯޔޫއެމް) ގެ އިސް ވަފުދެއް މިއަދު އޭދަފުއްޓަށް ޒިޔާރަތްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ވިލާ ކޮލެޖްގެ ޑެޕިއުޓީ ޑިރެކްޓަ މުހައްމަދު އަޒީމް ހާރޫން ވިދާޅުވީ މިއަދު މެންދުރުފަހު އޭދަފުއްޓަށް ޒިޔާރަތްކުރާ ވަފުދުން ވިލާ ކޮލެޖުން އޭދަފުށީގަިއ ހިންގާ ކެމްޕަސް ބައްލަވާލެއްވައި މިހާރު އެ ކެމްޕަހުގައި ޑިގްރީއަށް ކިޔަމުންދާ ދަރިވަރުންނާ ބައްދަލުކުރުމުގެ އިތުރުން އޭދަފުއްޓާ ބެހޭ ބައެއް މައުލޫމާތުވެސް ހިއްސާ ކުރައްވާނެ ކަމަށެވެ.

ވިލާ ކޮލެޖުން ބުނިގޮތުގައި އޭދަފުއްޓަށް ވަޑައިގަންނަވާ ވަފުދުގައި އޯޔޫއެމްގެ ރައީސް އަދި ވައިސް ޗާންސެލަރު، ޕްރޮފެސަރު އެމެރިޓަސް ތަން ސްރީ އަންވަރު އަލީ އާއި ބޯޑް މެންބަރު އަދި ވައިސް ޗާންސެލަރުންނާއި، ސީނިއާ ޖެނެރަލް މެނޭޖަރު ފޯ ބިޒިނަސް ޑިވެލޮޕްމަންޓް އެންޑް އިންޓަނޭޝަނަލް އޮޕަރޭޝަންސް އާއި އެކަޑަމިކް އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓްގެ  ސީނިއާ ޖެނެރަލް މެނޭޖަރު އާއި ޔޫކޭއެމް ގެ ފޯމާ ވައިސް ޗާންސެލަރު ހިމެނިވަޑައިގަންނަވަ އެވެ. މިއީ ރާއްޖެއިން ބޭރު ޔުނިވަސިޓީގެ ގިނަ އަދަދެއްގެ އިސް ބޭފުޅުންގެ ވަފުދެއް މިރަށަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެ އެވެ.

ވިލާ ކޮލެޖްގެ ގިނަ ކޯސްތައް މިހާރު ކުރިއަށް ގެންދަނީ އޯޕަން ޔުނިވަސިޓީއާ ގުޅިގެންނެވެ. އެގޮތުން މިއަހަރު ޖޫންމަހު އޭދަފުށީ ކެމްޕަހުގައިވެސް ވަނީ އެ ޔުނިވަސިޓީ އާ ގުޅިގެން ވިލާ ކޮލެޖުން ބިޒިނަސް އެޑްމިނިސްޓްރޭޝަން ޑިގްރީ ޕްރޮގްރާމެއް ފަށައިފަ އެވެ.

ވިލާ ފައުންޑޭޝަން އަދި ވިލާ ކޮލެޖްގެ ޗެއާމަން ގާސިމް އިބްރާހިމް ތައުލީމަށާއި އިންސާނިއްޔަތަށް ކުރައްވާފައިވާ ހިދުމަތްތަކަށް ބަލާފައި މިދިޔަ އަހަރު އެ ޔުނިވަސިޓީން ވަނީ އޮނަރަރީ ޕީއެޗު.ޑީއެއް އަރުވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.