ދިރާގު ޓީވީއަށް ސަަބްސްކްރައިބް ކޮށްގެން ޑިޒްނީ ލޭންޑަށް

ދިރާގު ޓީވީ ކަސްޓަމަރުންނަށް ހާއްސަކޮށް ލަކީ ޑްރޯ ޕްރޮމޯޝަން އެއް ފަށައިފި އެވެ.

ދިރާގުގެ ކޮންޓެންޓް މާކެޓިން އެގްޒެކެޓިވް، ސުމާ މުނީރް ވިދާޅުވީ ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ހާއްސަކޮށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ޝަންހާއީގެ ޑިޒްނީ ލޭންޑަށް ދިއުމުގެ ފުރުސަތު، ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ލަކީޑްރޯ އިން ހޮވާލެވޭ ފަރާތަށް އާއިލާއާއެކު ޑިޒްނީ ލޭންޑަށް ދިއުމުގެ ފުރުސަތެއް ދިރާގުން ދީފައިވާއިރު ޝެންހާއީގައި ފަސް ދުވަހު ހުރުމުގެ ފުރުސަތު ވެސް ދެ އެވެ. ދިރާގު ޓީވީ މެދުވެރިކޮށް ޑިޒްނީގެ ހަތަރު ޗެނަލް އެއް މިހާރު ދައްކަ އެވެ. އެގޮތުން، ޑިޒްނީ ޖޫނިއާ، ޑިޒްނީ އިންޓަނޭޝަނަލް ފަދަ ޗެނަލްތައް ހިމެނޭއިރު، މި ކެމްޕެއިންގެ މަގްސަދަކީ ޑިޒްނީގެ ޗެނަލްތައް ދިރާގު ޓީވީ މެދުވެރިކޮށް ދެއްކުން ޕްރޮމޯޓް ކުރުން ކަމުގައި ދިރާގުން ބުންޏެވެ.

މި ޕްރޮމޯޝަންގައި ދިރާގު ޓީވީ އަށް ސަބްސްކްރައިބް ކޮށްފައި ހުރި ފަރާތްތަކާއި، އަލަށް ސަބްސްކްރައިބް ކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބައިވެރި ވެވޭނެ އެވެ. މި ޕްރޮމޯޝަން ނޮވެމްބަރު މަހުގެ ނިޔަލަށް ބާއްވާއިރު ޑިޒްނީ ލޭންޑަށް ދިއުމުގެ ފުރުސަތު ލިބޭ ނަސީބުވެރި ފަރާތް ހޮވާނީ ލަކީ ޑްރޯ އަކުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.