ބ. އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ދޮންފަނު އިންވިޓޭޝަން ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއީ ބ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން މިއަތޮޅު ދޮންފަނުގައި އަންނަ ޑިސެމްބަރުމަހު އެރަށު ޒުވާނުންގެ ރޫހުން ބާއްވާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 26ވަނަ ދުވަހާ ހަމަޔަށް ވަނީ ހުޅުވާލައިފަ އެވެ.
މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް ކުޅެވޭނީ 23 އަހަރުން ދަށުގެ އެ ރަށަކަށް ނިސްބަތްވާ ކުޅުންތެރިންނަށެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ އަދި ރަނައަޕް ޓީމަށް 10،000ރ ވަނީ ހުށަހަޅައިފަ އެވެ.
މިއީ ދޮންފަނުގައި މި މުބާރާތް ބާއްވާ 4 ވަނަ އަހަރެވެ. މިދިޔަ އަހަރުގެ ދޮންފަނު އިންވިޓޭޝަން ކަޕް ކާމިޔާބުކުރީ ކްލަބް އޭދަފުށިންނެވެ.
މުބާރާތާ ގުޅޭ އިތުރު މައުލޫމާތު 7776468، 9737565 އަށް ގުޅުމަށް ނުވަތަ ޖަމިއްޔާގެ ފޭސްބުކް ޕޭޖް (https://www.facebook.com/DhonfanuInvitationCup/) މެދުވެރިކޮށް ލިބޭނެ ކަމަށް އެ ކްލަބުން ބުނެ އެވެ.
Saabahey dhonfanu kudhin. Thy fisaari baeh.