ބ. އަތޮޅު ފެމެލީ ސެންޓަރުން ރޯޔަލް އައިލެންޑް ރިސޯޓްގައި މަސައްކަތް ކުރާ ފިރިހެނުންނަށް އާއިލީ ގުޅުމާ ބެހޭ މައުލޫމާތު ދީފި

ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރގެ ފަރާތުން ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުވުން.–ފޮޓޯ / އަހްމަދު ޖުމާން

ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރގެ ފަރާތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި އެވެ.

އާއިލީ ގުޅުން ބަދަހިކުރުމުގައި ފިރިހެނުންގެ ހިއްސާއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ބައްދަލުވުން ބޭއްވިފައި ވަނީ ރޯޔަލް އައިލެންޑް ރިސޯޓްގަ އެވެ.

މި ބައްދަލުވުމުގައި އެ ރިސޯރޓްގެ އެކި ޑިޕާރޓްމަންޓްތަކުގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފުންގެ ތެރެއިން 20 މުވައްޒަފަކު ބައިވެރިވެފައިވެ އެވެ.

ރޯޔަލް އައިލެންޑް ރިސޯރޓްގެ އެކްސެސް ކުލަބާއި ބ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރާ ގުޅިގެން އިންތިޒާމް ކުރި މި ބައްދަލުވުމުގައި އާއިލާއެއްގެ ތެރޭގައި ދިމާވެދާނެ މައްސަލަތަކާއި އެ މައްސަލަތައް މެދުވެރިވާން ދިމާވާ ސަބަބުތަކާއި އަދި އާއިލީ މައްސަލަތައް ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރެވިފައިވާ ކަމަށް ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން މައުލޫމާތު ދިނެވެ.

އެ ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނެވި ސޯޝަލް ސާވިސް އޮފިސަރ އަބްދުﷲ އަޝްރަފް ވިދާޅުވީ ބައިވެރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު މި ބައްދަލުވުމަކީ މިހާތަނަށް އެ ސެންޓަރުން ބ. އަތޮޅުގައި ބޭއްވި އެންމެ ތަރުހީބު ބޮޑު ބައްދަލުވުން ކަމަށެވެ.

“އަޅުގަނޑު އުއްމީދެއް ނުކުރަން އެހާ ބޮޑު ތަރުހީބެއް ލިބިދާނެ ކަމަކަށް ރިސޯޓަކުން. އެހެންވެ ޓެސްޓަކަށް އެ ބޭފުޅުންގެ ވެސް އެދުމަކަށް ދިޔައީ. މިހާރު އަޅުގަނޑުމެންނަށް މަޖުބޫރު ވެއްޖެ އަތޮޅުގެ ހުރިހާ ރިސޯޓަކަށް މި ޕްރޮޤްރާމް އަމާޒު ކުރަން،” އަޝްރަފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ބައްދަލުވުން އިންތިޒާމު ކުރުމުގައި ރޯޔަލްގެ މެނޭޖްމަންޓާއި އެކްސަސް ކުލަބުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަ ކަމަށެވެ.

އަދި މި ބައްދަލުވުމަކީ އާއިލާއާ ދުރުގައި ވަޒީފާ އަދާކުރަމުންދާ ފިރިހެން ބޭފުޅުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބައްދަލުވުންތަކުގެ ފެށުމެއް ކަމަށާއި މި ފަދަ ބައްދަލުވުންތަކެއް މި އަހަރުގެ ތެރޭގައި އަތޮޅު އެހެން ރިސޯރޓްތަކުގައި ކުރިއަށް ގެންދިޔުމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

— ބ. އޭދަފުށިން މުހައްމަދު ހަމްދޫން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.