މަންތާ ފެސްޓިވަލާ ދިމާކޮށް ސަލްސާއިން ހާއްސަ ބްރެކްފާސްޓެއް

މާދަމާ އޭދަފުށީގައި ފަށާ ބ. އަތޮޅު މަންތާ ފެސްޓިވަލާ ދިމާކޮށް ސަލްސާ ރީޓްރީޓުން ހެނދުނުގެ ހާއްސަ ނާސްތާއެއް ތައާރަފްކޮށްފި އެވެ.

“މަންތާ ފެސްޓިވަލް ބުފެޓް ބްރެކްފާސްޓް” ގެ ނަމުގައި ތައާރަފުކުރި ހެނދުނުގެ ނާސްތާ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ލިބޭނެ ކަމަށް ސަލްސާއިން ބުންޏެވެ. އަގަކީ ބޮލަކަށް 49 ރުފިޔާއެވެ. އަދި 6 އަހަރުން ދަށުގެ ކުދިންނަށް އެއްވެސް އަގެއް ނުނަގައެވެ.

ހެނދުނު 7 އިން ފެށިގެން 10:30 އާ ހަމައަށް ބުފޭއެއްގެ ގޮތަށް ކުރިއަށް ދާ މި ނާސްތާގައި ދިވެހި އަދި ކޮންޓިނެންޓަލް ބްރެކްފާސްޓްގެ އިތުރުން، ފުރްޓްސް ވެސް ހިމެނެއެވެ.

ސަލްސާ ރިޓްރީޓުން ބުނި ގޮތުގައި މަންތާ ފެސްޓިވަލާ ދިމާކޮށް ހާއްސަ ބްރެކްފާސްޓް ތައާރަފު ކުރުމުގެ ބޭނުމަކީ މި ފެސްޓިވަލަށް ރަށަށް އަރާ މެހްމާނުންނާއި ރަށުގެ ރައްޔިތުންވެސް މި ފެސްޓިވަލުގައި އެކުވެރިކަމާއެކު ހިތްފަސޭހަ މާހައުލެއްގައި ބައްދަލުކޮށް މީރު ހެނދުނުގެ ނާސްތާއަކުން ދުވަސް ފެށުމެވެ.

އޭދަފުށީ ބަނދަރު މަތީގައި ހަދާފައިވާ ސަލްސާ ރިޓްރީޓަކީ ސަލްސާ އިންވެސްޓްމަންޓުން ހިންގަމުން އަންނަ އެންމެ ހިތްގައިމު ފެންވަރު ރަނގަޅު އެއް ރެސްޓޯރެންޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.