ރައްޔިތުން ތިބީ އެމްޑީޕީއަށް ރަން ކިޔައިގެން: ނަޝީދު

ނަޝީދު

އެމަނިކުފާނުގެ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި އެމްޑީޕީއާއި އެކު ތިބުމަށް ނިންމައިފި ކަމަށާއި، އެރައްޔިތުން ވަނީ އެމްޑީޕީއަށް “ރަން ކިޔާފައި” ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ފޯރިއާއެކު ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތުގެ ދަށުން މިއަދު ބ. ހިތާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މި އިންތިޙާބު އެއްބުރުން އެމްޑީޕީއަށް ކާމިޔާބުކުރެވޭނެ ކަމާއި މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށާއި، ރައްޔިތުންގެ ފުރިހަމަ ތާއީދާއި ލޯބި އެމްޑީޕީއަށް ލިބޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި 2012 ވަނަ އަހަރު އޭޕްރީލް މަހު ހިތާދޫގެ ނަރުދަމާގެ މަސައްކަތް ފެށުމުގެ ހުރިހާކަމެއްވެސް ނިންމާފައިވަނިކޮށް ބަޣާވާތުން ވެރިކަން ވައްޓާލުމުން ނަރުދަމާގެ ޚިދުމަތް ހިތާދޫގެ ރައްޔިތުންނަށް ވަނީ ނުލިބި ކަމަށާއި ނަމަވެސް އެމްޑީޕީން ވެރިކަމަށް އައިސް ހިތާދޫގެ ނަރުދަމާގެ މަސައްކަތް އަލުން ފައްޓަވާނެ ކަމަށެވެ.

ރައީސް ނަޝީދު ވަޑައިގަތުމުން އެރަށުން އެ މަނިކުފާނަށްވަނީ  ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.