
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ ގަތުމަށް ހުޅުވާލުމާއެކު ހުރިހާ ހިއްސާއެއް ވިކި ހުސްވެއްޖެއެވެ.
އެމްއައިބީން ހިއްސާ ވިއްކުމަށް ހުޅުވާލި ފުރުސަތު މި މަހުގެ 22 ވަނަ ދުވަހު ބަންދުވެފައިވާއިރު އެ ބޭންކުން ބުނީ އައިޕީއޯގައި ވިއްކަން ހަމަޖެހިފައިވާ 6.98 މިލިއަން ހިއްސާ އަށް ވުރެ އިތުރަށް ވެސް ހިއްސާ ގަތުމަށް ހުށަހަޅާފައިވާ ކަމަށެވެ.
އެހެންކަމުން އިންވެސްޓަރުންގެ މެދުގައި ހިއްސާ އެކަށައަޅާނެ އުސޫލު އެމްއައިބީގެ ބޯޑުން ނިންމައި އޭގެ ތަފްސީލު މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ އަށް އަންގާފައިވާ ކަމަށް އެމްއައިބީން ބުނެއެވެ. އެ އުސޫލު ބިނާވެފައިވާނީ ޕޮރެސްޕެކްޓްސްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އާއްމު ރައްޔިތުންނަށް އިސްކަންދީގެން ކަމަށް އެމްއައިބީން ބުނެއެވެ.

އެމްއައިބީން ބުނީ މިއި މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވުނު އެންމެ ކާމިޔާބު އެއް އައިޕީއޯ ކަމުގައެވެ.
