އުރީދޫގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ ޕެކޭޖްތަކެއް

އުރީދޫގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ހިލޭ ކޯލާއި ވޮއިސް ޕެކޭޖްތަކާއި ޑޭޓާ އެލަވެންސް އަދި ލޯކަލް މިނެޓުތައް ހިމެނެ ޕެކޭޖުތަކެއް ތައާރަފްކޮށްފި އެވެ.

މި ޕެކޭޖްތަކުގެ ތެރެއިން އުރީދޫ ނަމްބަރުތަކަށް ހިލޭ ގުޅުމަށް ދުވަހުގެ ޕެކޭޖަކާއި ހަފްތާގެ ޕެކޭޖެއް އަދި މަސްދުވަހުގެ ޕެކޭޖެއް ވަނީ ތައާރަފްކޮށްފަ އެވެ. އެގޮތުން އެއް ދުވަހުގެ ޕެކޭޖަށް 15ރ. ޗާޖު ކުރާއިރު ހަފްތާގެ ޕެކޭޖަށް 75ރ. އަދި މަސްދުވަހުގެ ޕެކޭޖަށް 200ރ. ޗާޖު ކުރާނެ އެވެ.

ލޯކަލް މިނެޓް ޕެކޭޖް ނަގާ ފަރާތްތަކަށް ވެސް ތިން ޕެކޭޖެއް އުރީދޫން ވަނީ ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން ކޮމްބޯ ޕެކޭޖްތައް އެކްޓިވޭޓް ކުރާ ފަރާތްތަކަށް ދެ ޕެކޭޖެއް ވެސް އެ ކުންފުނިން ވަނީ ތައާރަފްކޮށްފަ އެވެ. މި ޕެކޭޖްތައް އެކްޓިވޭޓް ކުރުމަށް *929*3# އަށް ގުޅާލުމުން އެކްޓިވޭޓް ވާނެ އެވެ.

މި ޕެކޭޖްތަކުގެ އިތުރުން އުރީދޫން ވަނީ ‘ހެޕީ އަވާ’ ގެ ނަމުގައި ވެސް ޕްރޮމޯޝަނެއް ފަށައިފަ އެވެ. ކޮންމެ ދުވަހަކު ފަތިހު 5:00 އިން ހަވީރު 5:00 އަށް އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލާއި 1ޖީބީ ޑޭޓާ މި ޕްރޮމޯޝަންގެ ދަށުން ލިބޭނެ އެވެ. މި ޕެކޭޖް އެކްޓިވޭޓް ކުރުމުން ޗާޖް ކުރާނީ އެންމެ 20ރ. އެވެ. *929*1*1# އަށް ގުޅުމުން މި ޕެކޭޖް މިހާރު އެކްޓިވޭޓް ކުރެވޭނެ އެވެ.

އުރީދޫން ބުނިގޮތުގައި މި ޕްރޮމޯޝަން ކުރިޔަށް ދާނީ ޑިސެމްބަރު 31، 2019 ގެ ނިޔަލަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.