އެކި މައްސަލަތަކުގައި ބ. ދަރަވަންދޫ ޕޮލިސް ޑެސްކްގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.
ފުލުހުން ބުނީ ދަރަވަންދޫގައި މި ފަހަރު ނައްތާލީ މިއަހަރުގެ ޖޫން އިން ޖުލައިމަހުގެ ނިޔަލަށް ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ބަނގުރާ ކަމަށެވެ.
އެގޮތުން 138 ބަނގުރާ ފުޅި އާއި 64 ބިޔަރު ދަޅުގެ އިތުރުން ހަ ފުޅި ބިޔަރު ނައްތާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިތަކެތި ނައްތާލީ ދަރަވަންދޫ ކުނިގޮނޑު ސަރަހައްދުގައި އިއްޔެ މެންދުރުފަހު އެވެ.