ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކޮށް، ރަށު ޓޫރިޒަމް ތަރައްގީ ކޮށްފައިވާ ރަށްރަށަށްދިން ހާއްސަ އެ އެވޯޑެއް ބ. މާޅޮހަށާއި ފެހެންދޫ އަށް ލިބިއްޖެ އެވެ.
މިއީ ގެސްޓްހައުސް ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާއިން މިގޮތަށް އެވޯޑެއް ދިން ފުރަތަމަ ފަހަރެވެ. މި އެވޯޑު ދީފައިވަނީ ގެސްޓްހައުސް ނުވަތަ ރަށު ޓޫރިޒަމް ތަރައްގީވެފައިވާ ރަށްރަށަށް އެކަންޏެވެ.
އެގޮތުން ލީޑިން އިކޯ އައިލެންޑ އެވޯޑް މާޅޮހަށް ލިބުނުއިރު، ފެހެންދޫއަށް ލިބުނީ ލީޑިން އޮތެންޓިކް ނޭޗާ އައިލެންޑް އެވޯޑެވެ.
ގެސްޓްހައުސް އެސޯސިއޭޝަނުން ބުނީ މި އެވޯޑުތައް ދިނުމުގައި ޓްރިޕް އެޑްވައިޒައިން ދީފައިވާ ރިވިއުތަކަށް ބަލާފައިވާނެކަމަށެވެ. އަދި ކުރިއަށްއޮތް އަހަރުތަކުގައި އެވޯޑުގެ ކެޓަގަރީތައް އިތުރުކޮށް އެވޯޑު ހަފްލާ ކުލަގަދަކޮށް ބޭއްވުމަށް ނިންމާފައިވާކަމަށް ވެސް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެއެވެ.
ހުޅުމާލޭ ރުއްގަނޑު ސަރަޙައްދުގައި ކުރިއަށްގެންދިޔަ މި އެވޯޑު ހަފްލާގައި 9 ދާއިރާއަކުން އެވޯޑު ދީފައިވެ އެވެ.