އާމްދަނީ ހޯދުމަށް ބ އަތޮޅު ހުރިހާ ރަށެއްގައި ކޮޓަރިތަކެއް އިމާރާތްކުރަނީ

ބ އަތޮޅު ރަށްތަކުގެ ކައުންސިލްތަކަށް އާމްދަނީ ހޯދުމަށްޓަކައި މި އަތޮޅުގެ ހުރިހާ ރަށެއްގައި ކޮޓަރިތަކެއް އިމާރާތްކުރަން ނިންމައިފިއެވެ.

ބ. އަތޮޅު ކައުންސިލުން ބުނިގޮތުގައި މި އަތޮޅުގެ 13 ރަށުގެ ކައުންސިލް އަށް އާމްދަނީ ހޯދައިދޭނެ ވަސީލަތެއް ގާއިމްކުރުމުގެ ގޮތުން ކޮންމެ ރަށެއްގައި ދެ ކޮޓަރީގެ އެޕާޓްމަންޓެއް އިމާރާތްކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން މި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް އިމާރާތްކުރަން ފަންޑު ކުރާނީ ބ. އަތޮޅު ކައުންސިލުންނާއި ބ. އަތޮޅު ކޮންޒަވޭޝަން ފަންޑުން ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

އަތޮޅު ކައުންސިލުން ބުނީ މި މަޝްރޫއުއަކީ ބޮޑު ހަރަދެއް ކޮށްގެން ހިންގޭ މަޝްރޫއެއް ކަމަށާއި ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް އެ ކޮޓަރިތައް އިމާރާތް ކުރަން ހަރަދުވާ ކަމަށެވެ.

މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަތޮޅު ކައުންސިލުން މިހާރުވަނީ އިއުލާންކޮށްފައެވެ.  

ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް އިމާރާތް ކުރަން ނިންމާފައިވާ ކޮޓަރިތަކުގެ ބޭނުން ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކުގެ އިތުރުން ސްކޫލް ތަކަށް އަންނަ ޓީޗަރުންނަށާއި ހެލްތް ސެންޓަރުތަކުގައި މަސައްކަތް ކުރަން އަންނަ ޑޮކްޓަރުން އަދި ނަރުހުންނަށް ވެސް ބޭނުން ކުރެވިދާނެ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.