އަންހެންކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގޮއިދޫގައި މައުރަޒެއް ހުޅުވައިފި

މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) ޖަމުޢިއްޔާއިން އިސްނަގައިގެން ގޮއިދޫގައި “ރެސިލިއަންޓް އެންޑް ރިލެންޓްލަސް؛ ހަރ ސްޓޯރީ” ގެ ނަމުގައި މައުރަޒެއް ހުޅުވައިފި އެވެ.

މިއަދު ހަވީރު ބ. ގޮއިދޫގައި މި މައުރަޒު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މި މައުރަޒަކީ އަންހެންކުދިންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދިނުމާއި ޢާއިލާއާއި މުޖްތަމަޢާއި ޤައުމަށް އެކި ރޮނގުން ހެޔޮ ބަދަލެއް ނުވަތަ ކުރިއެރުމެއް ގެނައުމުގައި ހަރަކާތްތެރިވާ އަންހެން ކުދިންގެ ވާހަކަތައް ފާހަގަކުރުމުގެ މަޤްޞަދުގައި ބާއްވާ މައުރަޒެކެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުމަށް ގޮއިދޫގައި ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ “ކެރިއާ ޓޯކް ސެޝަން”ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައްލަވާލެއްވިއެވެ. އަދި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ “ވިމެން އެންޑް ފެމިލީ ލޯ ސެޝަން”ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި އަންހެންކުއްޖަކަށް ވީތީ ވަކި މަސައްކަތްތަކެއް ނުކުރެވޭނެކަމަށް ނުދެކުމަށް އެދިވަޑައިގެންނެވިއެވެ. އޭގެ ބަދަލުގައި ކޮންމެ މަސައްކަތަކީ ނުވަތަ ދާއިރާއަކީވެސް އަންހެނުންނަށްވެސް ކުރެވޭނެ އަދި ކުރިޔަށްދެވޭނެ ދާއިރާއެއްކަމަށް ދެކި އެ ދާއިރާއަކީ ނުވަތަ މަސައްކަތަކީވެސް އެ ކުއްޖަކު އަމިއްލައަށް އިޚްތިޔާރުކުރާ ދާއިރާއަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެދިވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.