ގޮއިދޫގައި ބޭއްވި ހަރަކާތްތައް ފަސްޓް ލޭޑީ ބައްލަވާލައްވައިފި

މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުމަށް ބ. ގޮއިދޫގައި ކުރިޔަށްގެންދިޔަ ޙަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ބައްލަވާލައްވައިފިއެވެ.

އަންހެންކުދިންގެ ދުވަސް ފާހަގަކުރުމަށް ގޮއިދޫގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި 16 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ޚާއްޞަކޮށްގެން ބޭއްވި ގަރލް އެމްޕަވަރމަންޓް ވޯކްޝޮޕްގައި ހިމެނޭ ސެޝަން ތަކުގެ ތެރެއިން “ވައޮލެންސް އެންޑް ހެރޭސްމަންޓް” ގެ ނަމުގައި ކުރިއަށް ގެންދިޔަ ސެޝަނާއި “ހެލްތީ ރިލޭޝަންޝިޕް” ގެ ނަމުގައި ކުރިއަށް ގެންދިޔަ ސެޝަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ބައްލަވާލައްވާފައެވެ.

ރާއްޖޭގައި ހުންނަ ޔުނިސެފް އޮފީހާއި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) ޖަމުޢިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ސެޝަންތައް ނަގާދީފައި ވަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުންނެވެ.

މީގެ އިތުރުން ވެސް އެކަމަނާ ވަނީ މިއަދު ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރެއިން ހުރިހާ އުމުރުފުރައެއްގެ އަންހެންކުދިންނަށް ޚާއްޞަކޮށްގެން ބޭއްވި ޒުންބާއާއި، ސަރފިންގއާއި، ޔޯގާއާއި ސްކޭޓިން ފަދަ ބައެއް ކުޅިވަރު ޙަރަކާތްތައް ވެސް ބައްލަވާލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.