ޔަމަހާ އިންޖީނުގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރ އެލިއާ އިންވެސްޓްމަންޓުގެ ފަރާތުން ޔަމަހާ އިންޖީނު ސާވިސް ކޮށްދޭ ސާވިސް ކޭމްޕެއް އޭދަފުށީގައި ފަށައިފި އެވެ.
އޭދަފުށީ ބަނދަރު ސަރަހައްދުގައި އިއްޔެފެށީ މި ކޭމްޕް އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.
ކޭމްޕް ކުރިއަށް ދާނީ ހެނދުނު 8:30 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށެވެ.
މި ކޭމްޕްގައި ބައިވެރިވުމަށް ބ. އަތޮޅުގެ ހުރިހާ ރަށަކަށް ޔަމަހާއިން ވަނީ ދައުވަތު ދީފައެވެ.
މި ކޭމްޕްގައި ޔަމަހާ މެކޭނިކުން އިންޖީނު ޑައިގްނޯސްކޮށް އެއަށް ޖެހޭ މައްސަލަތައް ހައްލު ކޮށްދިނުމަށް ސަވިސްޗާޖެއް ނުނަގަ އެވެ. ސާވިސް ކުރުމުގެ ހުރިހާ ހަރަދެއް ކޮށްދެނީ ހިލެ އެވެ.
ނަމަވެސް އޯވަހޯލް ކުރުން ކަހަލަ ކަންތައްތައް ސަވިސްކޭމްޕަކުން ކަވަރެއް ނުކޮށްދެއެވެ. އެހެން ނަމަވެސް އިންޖީނުގައި ވައިބްރޭޝަންއެއް ހުރުން ނުވަތަ ސްޓާޓް ކުރާއިރު އުދަނގޫ ވުން ނޫނީ ދުވެލި މަޑުވުން މިކަހަލަ ކަންތައްތައް ވަގުތުން ވަގުތަށް މި ކޭމްޕްގައި ހައްލުކޮށްދެ އެވެ.